
އިންޓަޕޯލް 90 ވަނަ އާންމު މަޖިލިހުގައި ކޮމިޝަނަރ އޮފް ޕޮލިސް ބައިވެރިވެއްޖެ

އިންޓަޕޯލް 90 ވަނަ އާންމު މަޖިލިހުގައި ކޮމިޝަނަރ އޮފް ޕޮލިސް ބައިވެރިވެއްޖެ
ލިޔުން:
އިންޓަޕޯލްގެ 90 ވަނަ އާންމު މަޖިލިހުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ބައިވެރިވެއްޖެއެވެ.
އިންޑިއާގެ ނިއުދިއްލީގައި ކުރިއަށް ގެންދިޔަ މި މަޖިލިހުގައި މިނިސްޓަރުންނާއި ފުލުހުންގެ މުއައްސަސާތަކުގެ އިސްވެރިންނާއި އެ މުއައްސަސާތަކުން ސީނިއަރ އޮފިސަރުން ހިމެނޭހެން 166 ގައުމަކުން ބައިވެރިވިއެވެ.
މި މަޖިލިހުގައި، ދުނިޔޭގެ 195 މެމްބަރު ގައުމުގެ ކުށުގެ ހާލަތާއި އެކަމާ ގުޅޭގޮތުން ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައްޗަށް އެކުލަވާލާފައިވާ ފުރަތަމަ ‘’އިންޓަޕޯލް ގްލޯބަލް ކްރައިމް ޓްރެންޑް ރިޕޯޓު'' ލޯންޗުކޮށްފައިވެއެވެ. އަދި ފައިނޭންޝިއަލް ކްރައިމް އެންޑް ކޮރަޕްޝަން ފަދަ ކުށްތައް ހުއްޓުވުމާއި އިންޓަޕޯލް އިންޓަނޭޝަނަލް ޗައިލްޑް ސެކްޝުއަލް އެކްސްޕްލޮއިޓޭޝަން ޑާޓާބޭސް މެދުވެރިކޮށް މިފަދަ ކުށްތައް ފާހަގަކުރެވޭނެ ގޮތްތަކާއި ކުށުގެ ޝިކާރައަށްވާ މީހާގެ ހައްގުތައް ހިމާޔަތްކުުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ގައުމުތަކުގެ މެދުގައި މަޝްވަރާކޮށްފައިވެއެވެ. އަދި ކުށްމަދު ވެއްޓެއް ގާއިމުކުރުމަށް ގައުމުތަކުން ކުރަމުންގެންދާ މަސައްކަތްތަކާއި ގައުމުތައް ގުޅިގެން ކުށްމަދުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ އަދި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ގައުމުތަކުގެ މެދުގައި މަޝްވަރާކޮށްފައިވެއެވެ.

އޭގެ އިތުރުން، އިންޓަޕޯލް ޕްރޮޖެކްޓު ޖެމިނާއި ކާމިޔާބުކަމާއެކު ދިވެހިރާއްޖޭގައި ބޭނުންކުރަމުންދާގޮތް ވީޑިއޯ ޕްރެޒެންޓޭޝަނަކުން ވަނީ ދައްކާލައިފައެވެ. އެގޮތުން، ޓެރަރިޒަމާއި ޓްރާންސްނޭޝަނަލް ކުށްތަކުގެ ނުރައްކަލާ ދެކޮޅަށް މަސައްކަތްކުރުމުގައި، ބައިނަލްއަގުވާމީ ގޮތުން ކޯޑިނޭޓްކޮށްގެން ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއްކަމަށާއި، އެކަން ހާސިލުކުރެވޭނީ ބޯޑަރުތައް ހުރަސްކޮށް ފުލުހުންގެ މައުލޫމާތު ވަގުތުން ބަދަލުކުރެވިގެންކަން އެ ޕްރެޒެންޓޭަޝަންގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން އިންޓަޕޯލުން ފޯރުކޮށްދެނީ ދުނިޔޭގެ ފެންވަރުގައި ފުލުހުންގެ މައުލޫމާތު ބަދަލުކުރެވޭނެ އައު ހައްލުތަކާއި ވަސީލަތްތައްކަމާއި ފާއިތުވި އަހަރުތަކުގައި އިންޓަޕޯލް އެންސީބީ މާލެ، އާއި ދިވެހި ފުލުހުންގެ ޚިދުމަތާ އަދި ގާނޫނު ތަންފީޒުކުރާ އެހެނިހެން އިދާރާތަކުން ގެންދަނީ ބިއުރޯ އޮފް ކައުންޓަރ ޓެރަރިޒަމް، ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ އެހީތެރިކަމާއެކު އިންޓަޕޯލް ޕްރޮޖެކްޓް ޖެމިނާއިއާ ވަރަށް ގާތުން މަސައްކަތްކުރަމުންކަންވެސް ވީޑިއޯ ޕްރެޒެންޓޭޝަނުގައި ފާހަގަކޮށްފައިވެއެވެ.
ޕްރޮޖެކްޓް ޖެމިނާއިގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކާއެކު ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތައް ގުޅިގެން މަސައްކަތްކުރުމުގެ މާހައުލެއް ގާއިމުވެ، ވެށީގެ އަމާންކަން އައު ހަރުފަތަކަށް ގެންދިއުމުގެ ފުރުސަތު އިންޓަޕޯލުން ވަނީ ފަހިކޮށްދީފައެވެ.
އެގޮތުން، 2019 ވަނަ އަހަރު އިންޓަޕޯލް ޕްރޮޖެކްޓް ޖެމިނާއި އިން ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބޯޑަރ މެނޭޖްމަންޓް ސިސްޓަމާއި އިންޓަޕޯލް ކްރިމިނަލް އިންފޮމޭޝަން ސިސްޓަމް އިންޓަގްރޭޓް ކުރުމަށް ބޭނުންވާ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދީފައެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށްވަރުކުރުމުގެ އިތުރުން ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި ކުރިއެރުވުމުގެ ފުރުސަތު ފަހިވެގެންދިޔައެވެ.

ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
