
ކަނޑު އުޅަނދުފަހަރު ޗެކްކުރުމުގެ އޮޕަރޭޝަނެއް ކޯސްޓްގާރޑުން ފަށައިފި
ކަނޑު އުޅަނދުފަހަރު ޗެކްކުރުމުގެ އޮޕަރޭޝަނެއް ކޯސްޓްގާރޑުން ފަށައިފި
ލިޔުން:
ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ޗެކް ކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ހުވަދު އަތޮޅުގައި މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމަކީ މި މަހުގެ 23 އިން 27 އަށް ގދ. ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "އެސްޓީއޯ މަކިޓާ ޖޫނިއަރ ޗެމްޕިއަންޝިޕް 2022" އެތުލެޓިކްސް މުބާރާތާ ގުޅިގެން ސްކޫލު ދަރިވަރުން ގޮވައިގެން ކަނޑުމަގުން ގިނަ ދަތުރުތަކެއް ކުރާނެތީ، ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފެށި ޕްރޮގްރާމެކެވެ. މިގޮތުން އެ އަތޮޅުގެ އެތެރޭގައި ދުއްވާ އުޅަނދުތަކުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ކޯސްޓްގާޑުން ބަލަމުންދާނެއެވެ.
މިއަދުން ފެށިގެން މުބާރާތް ނިމުމާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް ކޯސްޓްގާޑުން ބަލަމުން ގެންދާނެއެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އީގަލް ހިލްސް ޕްރޮޖެކްޓުގެ ވަށައިގެންވާ ހުރިހާ ކަމެއް ރައްޔިތުންނަށް ހާމަކޮށްފައިނޫނީ އެ މަޝްރޫއު ކުރިއަށް ނުގެންދަން ފައްޔާޒު ގޮވާލައްވައިފި

ދ މީދޫގައި ބަނގުރާ އުފައްދާމީހަކު ހައްޔަރުކޮށްފި

އާރުޑީސީ އާއި ހަވާލުކުރި ލިންކުރޯޑްގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ނައިފަރާއި އޮޅުވެލިފުށިން ތިންމީހަކު ހައްޔަރުކޮށްފި

ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ 2 ބެއިން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
