
މިއަދު ކުދިން ތައްޔާރުވާންވީ ޤައުމީ ތަރައްޤީގައި ބައިވެރިވެވޭނެ ފަދަ ކުދިބަޔަކަށް ވުމަށް: ނައިބް ރައީސް
މިއަދު ކުދިން ތައްޔާރުވާންވީ ޤައުމީ ތަރައްޤީގައި ބައިވެރިވެވޭނެ ފަދަ ކުދިބަޔަކަށް ވުމަށް: ނައިބް ރައީސް
ލިޔުން:
މިއަދަށް އެކަނި ވިސްނާލުމުން ވެސް ޤައުމެއްގެ ޒުވާނުން އެ ޤައުމެއްގެ ތަރައްޤީއަށް ބޭނުންވާ މިންވަރު ހާމަވާކަމަށާއި، މިއަދު ކުދިން ތައްޔާރުވާންވީ ޤައުމުދެކެ ލޯބިވާ، ޤައުމަށް ޚިދުމަތްތަކެއް ކޮށްދެވޭނެ ޤައުމީ ތަރައްޤީގައި ބައިވެރިވެވޭނެ ފަދަ ކުދިބަޔަކަށް ވުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިއަދު ހެނދުނު ތާޖުއްދީން ސްކޫލްގައި ބޭއްވި "ދަ ލީޑަރ އިން މީ" ވެލިއު އެޑިއުކޭޝަން ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 9 -12 އާ ދޭތެރޭ ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން އެޑިއުކޭޝަން މިނިސްޓްރީއިން އެ ކުދިންގެ މެދުގައި ދިރިޅުމުގެ ރަނގަޅު އަޚްލާޤާއި ސިފަތައް އަށަގެންނެވުމުގެ ބޭނުމުގައި ކުރިޔަށް ގެންދާ ޙަރަކާތެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ސްކޫލް ޢުމުރުފުރައަކީ ކުދިންގެ ގައިގައި ރަނގަޅު ސިފަތަކާއި، އާދަތައް އަދި ރަނގަޅު އަޚްލާޤު އަށަގެންނެވުމަށްޓަކައި އެންމެ ރަނގަޅު ޢުމުރުފުރައެވެ. އަދި، ސްކޫލް ދައުރު އެއީ ކަންކަން ދެނެގަނެ ކަންކަން ދަސްކޮށް މުޖުތަމަޢުގައި އެ ކުދިންނަކީ މުހިންމު ބޭނުންތެރި ބައެއްގެ ގޮތުގައި ވުމަށްޓަކައި ބޭނުންވާ ސިފަތައް އަށަގެންނެވުމަށް އޮތް އެންމެ ރަނގަޅު ފުރުޞަތެވެ. މިގޮތުން އެމަނިކުފާނު ވަނީ ކުދިންގެ ގައިގައި ލީޑަރޝިޕް ހުނަރުތައް އަށަގެންނެވުމަށް މުހިންމުކަން ހާމަކުރައްވައި މިއަދު ކުދިން ގަދައަޅާ މަސައްކަތްކުރަންވީ މާދަމާ ލީޑަރުންނަށްވުމަށްޓަކައި ކުރަންވީ މަސައްކަތްތައް ކުރުމަށްކަމުގައި ވިދާޅުވެފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ޢާންމު އަޚްލާޤު ހިފެހެއްޓުމަށްޓަކައި ކިތަންމެ ކުޑަ ކަމެއްވެސް ގިނަ ބަޔަކު ކުރަންފަށައިފިއްޔާ އެކަމުގެ ހެޔޮ ފައިދާ މުޅި މުޖުތަމަޢަށް ކުރާނެކަމުގައި ވިދާޅުވިއެވެ. މިގޮތުން ރަށްޓެހިންގެ ފަރާތުން ވެސް ރަނގަޅު އާދަކާދަތަކާއި ސިފަތައް ދަސްކުރަންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް އިންސާނިއްޔަތުކަމާއި އިޙްސާންތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވަނީ ދިރިއުޅުމުގައި ކިތަންމެ ކުރިޔަށްދިޔަކަމުގައިވިޔަސް މިފަދަ ސިފަތައް ކުރިޔަށް ނެރުމަކީ މުހިންމުކަމެއްކަމުގައި ވިދާޅުވެ އެކަމަށް ބާރުއަޅުއްވާފައެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި، ސްކޫލްތަކުގެ ޕްރިންސިޕަލުން ބައިވެރިވެވަޑައިގަތެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ 2 ބެއިން ހައްޔަރުކޮށްފި

މާފުށީގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި 6 މީހަކަށް ދައުވާކުރަން ފޮނުވައިފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާ 2 މީހަކު ކަނޑުހުޅުދޫއިން ހައްޔަރުކޮށްފި

ރަސްމާލޭގެ ބިމުން އެންމެ އިންޗިއެވެސް ބޭރުބަޔަކަށް ނުވިއްކަން: ފިނޭންސް މިނިސްޓަރ

އެއްވެ އުޅުމަށް ރާއްޖޭގައި މިހާރު އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

މަސްތުވާތަކެތި ބޭނުންކުރާ މީހަކު ހުޅުދެލިން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
