މާލެ: 31°C

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް ދެއްވައިފި

October 21, 2022
2 ފަހަރު ބަލާފައި
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް ދެއްވައިފި
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް ދެއްވައިފި
ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް އަދި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށާއި، 3 ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައެކެވެ. ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި 10 ބޭފުޅުންނަކީ: 1. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމް، މ. ޑައިމަންޑްވެލީ 2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދު، ހ. ހުދުފިނިފެންމާގެ 3. ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން: އަލްފާޟިލް ޢަބްދުﷲ، އާރުޒޫ، ގދ. ތިނަދޫ 4. ތަޢުލީމީ ދާއިރާއިން: ޑޮކްޓަރ އަޙްމަދު އަންވަރު، ހަސަންކާރިގެ، ސ. މީދޫ 5. ޞިއްޙީ ދާއިރާއިން: އަލްފާޟިލް އަޙްމަދު ނާޝިދު، ހ. ރަންރިބުދޫ 6. ތިމާވެށްޓާއި ހަކަތައިގެ ދާއިރާއިން: އަލްފާޟިލް މުޙައްމަދު ޒާހިރު، މއ. ކިނާރާހައުސް 7. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން: އަލްފާޟިލާ ޒަރީނާ އަޙްމަދުދީދީ، ކުމުންޒާނިގެ، ސ. ފޭދު 8. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން: އަލްފާޟިލް އަޙްމަދު ޢަލީމަނިކު، ގ. ވިޔަވަތި 9. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން: އަލްފާޟިލް މުޙައްމަދު ޞާލިޙް، މ. ޝުއާޒް 10. މަސައްކަތްތެރިކަމުގެ ދާއިރާއިން: އަލްފާޟިލާ ޢާބިދާ އިސްމާޢީލް ޢަލީ، މ. ކަނޑޫކުރި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވި 19 ބޭފުޅުންނާއި، 3 ފަރާތަކީ: 1. ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން؛ ކީރިތި ޤުރްއާނުގެ ޢިލްމު އުނގެނުމާއި، އުނގަންނައިދިނުމުގެ ރޮނގުން: އަލްޤާރީ މުޙައްމަދު ވަޙީދު، އޯކިޑްވިލާ، ރ. ހުޅުދުއްފާރު 2. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ޚިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން: އައްޝައިޚް އިލްޔާސް ޙުސައިން، ސިޕަރ، ސ. ހިތަދޫ 3. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ޚިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން: ޑޮކްޓަރ ޢަލީ ޒާހިރު، މ. ހިތިމާގެ 4. ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން؛ ދިވެހިންގެ ސަގާފީ ކުޅިވަރުތައް ކުރިއަރުވައި އާލާކުރުމުގެ ރޮނގުން: އަލްފާޟިލް އިބްރާހީމް މަމްދޫޙް، ސީނާ، ރ. ރަސްމާދޫ 5. ތަޢުލީމީ ދާއިރާއިން؛ ތަޢުލީމު އުނގަންނައިދިނުމުގެ ރޮނގުން: އަލްފާޟިލް ޢަލީ ނަޞީރު، ހ. ވުޑްލޭންޑް 6. ތަޢުލީމީ ދާއިރާއިން؛ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ރޮނގުން: މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން 7. ތަޢުލީމީ ދާއިރާއިން؛ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް އުފެއްދުމުގެ ރޮނގުން: އަލްފާޟިލާ ޢާއިޝަތު ޒަޢީމާ، ހުސްނޫވިލާ، މ. މުލައް 8. ޤާނޫނީ ދާއިރާއިން؛ ޤާނޫނީ ރޮނގުން ޚިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން: އަލްއުސްތާޛާ މަރްޔަމް ޝުނާނާ، ހ. ވެލަސްފަރުގެ 9. ފަތުރުވެރިކަމުގެ ދާއިރާއިން: ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކި ކަންކަން ހިންގުމާއި ތަޢާރުފުކުރުމުގެ ރޮނގުން: އަލްފާޟިލް އިބްރާހީމް ޝާހިދު، ހުޅުމާލެ. ސާމިޔާގެ (10197) 10. ފަތުރުވެރިކަމުގެ ދާއިރާއިން: ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހީން ބިނާކުރުމަށާއި، ދިވެހީން ޝައުޤުވެރިކުރުވުމަށާއި، ދިވެހީން އަހުލުވެރި ކުރުވުމަށް މަސައްކަތްކުރުމުގެ ރޮނގުން: އަލްފާޟިލާ މަރްޔަމް ނޫރައްދީން، މ. ތާނގީދޮށުގެ 11. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތްކުރުމުގެ (ވޮލަންޓިއަރިޒަމް) ރޮނގުން: އަލްފާޟިލް ޢަބްދުﷲ ޢަލީ، ރަބީޢުގެ، ށ. ފުނަދޫ 12. އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން؛ ލޭ ހަދިޔާކުރުމުގެ ރޮނގުން: އަލްފާޟިލް ޢަލީ ޔޫސުފް، ހިތަށްފިނިވާގެ، ޅ. ނައިފަރު 13. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން؛ ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން: މުނި އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް 14. ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން؛ ވިޔަފާރީގެ ގޮތުގައި އެކިއެކި މަސައްކަތްކުރުމުގެ ރޮނގުން: އަލްފާޟިލް ޢަދީލް އިސްމާޢީލް، މ. ސަންބީމް 15. މަސައްކަތްތެރިކަމުގެ ދާއިރާއިން؛ އެކި ބާވަތުގެ މަސައްކަތް ކުރުމާއި، އެ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން: އަލްފާޟިލާ ޖޫދީ ޚާލިދު، ހ. ވަޅުފެހި 16. ޑައިވިންގގެ ދާއިރާއިން؛ ރިކްރިއޭޝަނަލް ޑައިވިންގގެ ރޮނގުން: އަލްފާޟިލް ފަހުދު ފާއިޒް، މ. ގްލެންވިލާ 17. ހެއަރ އެންޑް ބިއުޓީގެ ދާއިރާއިން؛ ދިވެހީން ބިނާކޮށް އެމީހުން މަސައްކަތަށް ނެރުމުގެ ރޮނގުން: އަލްފާޟިލާ ޢާއިޝަތު އިބްރާހީމް، ހ. ކުއްޅަވަށްގަސްދޮށުގެއާގެ 18. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ޒިންމާދާރު ނޫސްވެރިކަންކުރުމުގެ ރޮނގުން: އަލްފާޟިލް މުޙައްމަދު ޙަމްދޫން، އަތިރީގެ، ސ. ހުޅުދޫ 19. ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނުކުރުމުގެ ރޮނގުން: ސާރޖަންޓް މޭޖަރ އިސްމާޢީލް މާދީ، މއ. ބެލްޖިއަމްގެ 20. ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން: އަލްފާޟިލް މުޙައްމަދު ޖައުޝަން ޝަރީފް، މ. ސެންޑްރޯސް 21. ޕަރފޯމިންގ އާޓްސްގެ ދާއިރާއިން؛ މިޔުޒިކް ކުޅުމާއި، މީހުން ތަމްރީނުކުރުމުގެ ރޮނގުން: ޑީ ޓިއުން ބޭންޑް 22. ޒުވާނުންގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން: އަލްފާޟިލް ޙަސަން ފަރުޙާން މުޙައްމަދު، މ. މިޓްރީޕާރކް މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެފައެވެ. ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ. ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ