
ދިވެހިރާއްޖެއިން އިންޑިއާއަށާއި، މެލޭޝިޔާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ބޭފުޅުން ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވައިފި
ދިވެހިރާއްޖެއިން އިންޑިއާއަށާއި، މެލޭޝިޔާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ބޭފުޅުން ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވައިފި
ލިޔުން:
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖެއިން ރިޕަބްލިކް އޮފް އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ހ. ޖެހޭވައި، އިބްރާހީމް ޝަހީބު އަދި، ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ހ. މާލޭތިލަ، ޢަލީ ޙުސައިންދީދީ މިއަދު ޢައްޔަނުކުރައްވައި ދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ. އެ ދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ދިވެހިރާއްޖެއިން، އިންޑިއާއަށް ކަނޑައެޅުއްވި ސަފީރުކަމުގައިވާ، އިބްރާހީމް ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓަރ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އިބްރާހީމް ޝަހީބް، މީގެ ކުރިން ފުރުއްވާފައިވާ މުހިންމު ބައެއް މަޤާމްތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް ޕްރޮޓޮކޯލްގެ މަޤާމާއި، އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމު ހިމެނެއެވެ.
ދިވެހިރާއްޖެއިން، މެލޭޝިޔާއަށް ކަނޑައެޅުއްވި ސަފީރުކަމުގައިވާ، ޢަލީ ޙުސައިންދީދީއަކީ އިނގިރޭސިވިލާތުގެ ލޯބޮރޯ ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އިން ޕީ.ޖީ ޑިޕްލޮމާ މާސްޓަރސް ޕްރޮގްރާމް، ޓްރާންސްޕޯޓް މެނޭޖްމަންޓް އެންޑް ޕްލޭނިންގ ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ޢަލީ ޙުސައިންދީދީ މީގެ ކުރިން ފުރުއްވާފައިވާ، މުހިންމު ބައެއް މަޤާމްތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ކޮންޓްރޯލަރގެ މަޤާމާއި، މާލެ ސިޓީގެ ކައުންސިލްގެ ރައީސްގެ މަޤާމާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން ޢަލީ ޙުސައިންދީދީއަކީ މީގެ ކުރިންވެސް ދިވެހިރާއްޖެއިން، ސްރީލަންކާއަށާއި، ބެލްޖިއަމް ފަދަ ޤައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ޢަލީ ޙުސައިންދީދީ ދިވެހިރާއްޖެއިން، މެލޭޝިޔާއަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ދަ މޯލްޑިވްސް ކޯޕަރޭޝަންގެ ރައީސްގެ މަޤާމުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ 2 ބެއިން ހައްޔަރުކޮށްފި

މާފުށީގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި 6 މީހަކަށް ދައުވާކުރަން ފޮނުވައިފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާ 2 މީހަކު ކަނޑުހުޅުދޫއިން ހައްޔަރުކޮށްފި

ރަސްމާލޭގެ ބިމުން އެންމެ އިންޗިއެވެސް ބޭރުބަޔަކަށް ނުވިއްކަން: ފިނޭންސް މިނިސްޓަރ

އެއްވެ އުޅުމަށް ރާއްޖޭގައި މިހާރު އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

މަސްތުވާތަކެތި ބޭނުންކުރާ މީހަކު ހުޅުދެލިން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
