
ޒަމާނީ ޓެކްނޯލޮޖީއަށާއި ކިޔަވައިދިނުމުގެ ޒަމާނީ އުކުޅުތަކަށް، މުދައްރިސުން އަހުލުވެރިވުމަކީ ވަރަށް ބޭނުންތެރި ކަމެއް: ރައީސް
ޒަމާނީ ޓެކްނޯލޮޖީއަށާއި ކިޔަވައިދިނުމުގެ ޒަމާނީ އުކުޅުތަކަށް، މުދައްރިސުން އަހުލުވެރިވުމަކީ ވަރަށް ބޭނުންތެރި ކަމެއް: ރައީސް
ލިޔުން:
ޒަމާނީ ޓެކްނޯލޮޖީއަށާއި ކިޔަވައިދިނުމުގެ ޒަމާނީ އުކުޅުތަކަށް، މުދައްރިސުން އަހުލުވެރިވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވެވި ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ، ޒަމާނާއިއެކު ތަޢުލީމީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. މިގޮތުން ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާ ބަދަލުވަމުން ކުރިއަރަމުން އަންނަނީ ހީވެސް ނުކުރާހާ ހަލުވިމިނެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޚިޠާބުގައި އިތުރަށް ވިދާޅުވީ، ތަޢުލީމީ ދާއިރާގެ އަމާޒަކަށް ހަދަންވީ، ކުރިމަތިލާން ޖެހިފައިވާ ބޮޑު ބަދަލާ އެއްހަމައެއްގައި ޤައުމު ތަރައްޤީކޮށް ކުރިއެރުވޭ ވަރުގެ ތަޢުލީމީ ދަރިންތަކެއް އުފެއްދުން ކަމަށެވެ.
އިންސާނީ މުޖްތަމަޢަށް އަންނަ ކޮންމެ ރަނގަޅު ބަދަލަކާއި ނުރަނގަޅު ކޮންމެ ބަދަލެއް ވެސް، ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެންމެ ބޮޑަށް ގުޅިފައި އޮންނަނީ، އެ މުޖްތަމަޢެއްގެ ތަޢުލީމީ ދާއިރާއާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، މުޖްތަމަޢު އިޞްލާޙްކޮށް ރަނގަޅުކުރުމަށް އެދޭ ކޮންމެ ބަޔަކުވެސް، އެ މަސައްކަތް ފަށަނީ ތަޢުލީމީ ދާއިރާއިން ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، މުޖްތަމަޢަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ އެންމެ މުހިންމު ދައުރު އަދާކުރަނީވެސް ތަޢުލީމީ ދާއިރާއިން ކަމަށެވެ.
މުދައްރިސުންގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި ވަނީ، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުދައްރިސުންނަށް ދުވަހުގެ ހެޔޮ އެދުންތަކާއި ތަޙްނިޔާ ފޮނުއްވާފައެވެ. އަދި މުދައްރިސުން ކުރައްވާ ބުރަ މަސައްކަތުގެ މައްޗަށް އެމަނިކުފާނުގެ ޚިޠާބުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.
މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ، ޝިޢާރަކީ، "ތަޢުލީމުގެ ގޮތްތަކާއި ސިފަ ބަދަލުކުރަން ފަށަނީ މުދައްރިސުންނާ ހަމައިން" މި ޝިޢާރެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
