
ގެއްލިގެން ހޯދަމުންދިޔަ އަޒްހާންގެ ހަށިގަނޑު ކުނިވެފައި އޮއްވާ ފެނިއްޖެ
ގެއްލިގެން ހޯދަމުންދިޔަ އަޒްހާންގެ ހަށިގަނޑު ކުނިވެފައި އޮއްވާ ފެނިއްޖެ
ލިޔުން:
ހުޅުމާލޭއިން ގެއްލިގެން ހޯދަމުން އަންނަ އުމުރުން 27 އަހަރުގެ މުޙައްމަދު އަޒްހާން ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު، ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މިއަދު 17:45 އެހައިކަންހާއިރު ފެނިފައިވާ ކަމަށެވެ.
ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމެންޓުގެ ސުޕްރިޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ، އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް ފެނިފައިވަނީ ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކް ކުރިމަތީގައި އޮންނަ ހުސް ބިމުން ކަމަށެވެ.
ހަސަން ސައީދު ވިދާޅުވީ، ހަށިގަނޑު ފެނުނު އިރު އޮތީ ވަރަށް ބޮޑަށް ކުނިވެފައިވާ ކަމަށާއި މިހާތަނަށް ބެލި ބެލުމުން ހަށިގަނޑު ނައްތާލަން ނުވަތަ ވަޅުލާން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި މިހާތަނަށް އޭނާގެ ފޯނު ވެސް ފުލުހުންނަށް ހޯދިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޒްހާން ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ. އޭނާ އެންމެފަހުން ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، ދާދި ފަހުން ފުލުހުން ވިދާޅުވީ، އޭނާ ޓެކްސީ އަކަށް އަރާ މަންޒަރު ވެސް ފެނިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ 2 ބެއިން ހައްޔަރުކޮށްފި

މާފުށީގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި 6 މީހަކަށް ދައުވާކުރަން ފޮނުވައިފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާ 2 މީހަކު ކަނޑުހުޅުދޫއިން ހައްޔަރުކޮށްފި

ރަސްމާލޭގެ ބިމުން އެންމެ އިންޗިއެވެސް ބޭރުބަޔަކަށް ނުވިއްކަން: ފިނޭންސް މިނިސްޓަރ

އެއްވެ އުޅުމަށް ރާއްޖޭގައި މިހާރު އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

މަސްތުވާތަކެތި ބޭނުންކުރާ މީހަކު ހުޅުދެލިން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
