ހއ. އުތީމުގެ އާ އިންޖީނުގެއާއި އޮފީސް ޢިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވައިފި

ހއ. އުތީމުގެ އާ އިންޖީނުގެއާއި އޮފީސް ޢިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވައިފި
ލިޔުން:
ހއ. އުތީމުގައި އަލަށް ޢިމާރާތްކުރި އާ އިންޖީނުގެއާއި، އޮފީސް ޢިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ. އުތީމުގައި ބިނާކޮށްފައިވާ ފެނަކަ ކޯޕަރޭޝަންގެ އާ އިންޖީނުގޭގެ ކުރިމަތީގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ދައުލަތުގެ ވަޒީރުންނާއި، މަޖިލިސް މެމްބަރުންގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި، މުވައްޒަފުން އަދި، އުތީމުގައި ހުރި މުއައްސަސާތަކުގެ ވެރިންނާއި، މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން އުތީމު އާންމު ރައްޔިތުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
އުތީމުގައި ބިނާކޮށްފައިވާ އާ އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާ އިންޖީނުގެ ހުޅުވިގެން ދިޔުމާއެކު އުތީމުގެ ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކަށް ނިމުމެއް އައީ ކަމަށެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވައި އެމަނިކުފާނު ވަނީ، އުތީމުގައި ކަރަންޓްގެ ޚިދުމަތް ފެށިގެން އައި ގޮތާއި އެ ޚިދުމަތް ތަރައްޤީވެގެން އައި ގޮތުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 5 ކިލޯވޮޓްގެ ޖަނަރޭޓަރަކުން ފެށުނު ކަރަންޓްގެ ޚިދުމަތް މިހާރު މިވަނީ އެއް މެގަވޮޓްއާ ހަމައަށް ތަރައްޤީކުރެވިފައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުން އެދި އެދި ތިބި ޚިދުމަތްތައް ދިނުމުގައި ފެނަކައިން އިޚްލާސްތެރި އަދި ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނާއި ސަރުކާރާއި ރައްޔިތުންގެ ފުރިހަމަ އިތުބާރު ފެނަކައިގެ ޗެއަރމަނަށާއި، އެމް.ޑީ.އަށް އަދި މުވައްޒަފުންނަށް އެބައޮތް ކަމަށެވެ. އަދި، ކަންކަން ކުރުމުގައި އޭގެ އެންމެ ރަނގަޅު ގޮތް ބަލައި، ރައްޔިތުންނަށް އެންމެ ފައިދާހުރި، ސަރުކާރަށް އެންމެ ލާބަހުރި ގޮތުގައި ފެނަކައިން މަސައްކަތްތައް ނިންމައި ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ކޯވިޑް-19ގެ ދަތިކަމުގައިވެސް މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމަށް ސަރުކާރާ ކުންފުނިތަކުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އުތީމުގައި ހިންގާ ޕްރޮޖެކްޓްތަކާއި އަދި ކުރިޔަށް ހިންގުމަށް ރާވާފައިވާ ބައެއް ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޙިއްޞާ ކުރައްވާފައެވެ. މިގޮތުން، އުތީމަކީ ތާރީޚީ ރަށަކަށް ވުމާއިއެކު އުތީމަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކަށް ފެރީގެ ނިޒާމާއިއެކު ލުއިފަސޭހަތައް ލިބިގެން ގޮސްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި، އުތީމުގައި ހިންގޭ މަޝްރޫޢުތަކާއި އެކު އުތީމުގެ އިޤުތިޞާދު ފުޅާވެގެންދާނެ ކަމަށެވެ.
ހއ. އުތީމުގައި ޢިމާރަތް ކުރެވުނު އާ އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޖީނުގެއާއި އޮފީސް ޢިމާރާތް ބައްލަވާލައްވާއި، އެތަނުގެ ޚިދުމަތްތަކާއި މަސައްކަތްތައް ރޭވިފައިވާ ގޮތް ބައްލަވާލައްވާފައެވެ.
ހއ. އުތީމުގައި ކުރިން ހުރި އިންޖީނުގެއަކީ، މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި، 24 އަހަރުވީ އިންޖީނުގެ އެކެވެ. އަލަށް ޢިމާރާތްކުރެވުނު އިންޖީނުގެއާއި އޮފީސް ޢިމާރާތް ބިނާކުރެވިފައިވަނީ، މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައެވެ. މި އިންޖީނުގެ ފަރުމާކޮށްފައި ވަނީ 600 ކިލޯވޮޓްގެ 4 ޖެންސެޓް ބެހެއްޓޭގޮތަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
