މަގުމައްޗަކީ އެންމެނަށްވެސް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް އެންމެންގެ ބައިވެރިވުން ބޭނުންވޭ: ފުލުހުން

މަގުމައްޗަކީ އެންމެނަށްވެސް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް އެންމެންގެ ބައިވެރިވުން ބޭނުންވޭ: ފުލުހުން
ލިޔުން:
މަގުމައްޗަކީ އެންމެނަށްވެސް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގައި އެންމެންގެ ބައިވެރިވުން ބޭނުންވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ ތަފާތު އެކި މައްސަލަތަކުގެ ތެރެއިން، މަގުމަތީގައި އުޅޭއިރު ގޯނާކުރުމާއި ފޮށުން، ވަކިން ހާއްސަކޮށް އަންހެނުންނާ ފޮށުމާއި ގަޔަށް އަތްލުން ނުވަތަ ޖިންސީ ފުރައްސާރަކުރުން ފަދަ މައްސަަލަތައްވެސް ހުށަހެޅެމުންދާކަމަށެވެ.
"މުޖުތަމައުގައި ހިމެނޭ ބައެއް ފަރުދުންގެ އަމަލުތަކުގެ ސަބަބުން އުފެދޭ ބިރުވެރިކަމާއި، ހާސްކަމާއި، ނުތަނަވަސްކަމުން މުޖުތަމައުގެ އެހެން ފަރުދުންނާއި މުޅި މުޖުތަމައު ސަލާމަތްކޮށްދިނުމުގެ ގޮތުން، ވަކި ބާވަތެއްގެ އަމަލުތަކަކީ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލުތަކެއްކަމުގައި'' އާންމު އިޖުތިމާއި މިންގަނޑާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގަނޫނުގައި ބަޔާންކޮށްފައިވެއެވެ.
މަގުހިނގާ މީހުންނަށް އުނދަގޫކުރުމާއި ބިރުދެއްކުމާއި ފޮށުން އަދި ގަޔަށް އަތްލުން ފަދަ އަމަލެއް މީހަކު ނުވަތަ ގިނަ މީހުންތަކެއް އެކުވެގެން ނަމަވެސް ހިންގައިފިނަމަ، އެ އަމަލު ހިންގި މީހަކު ނުވަތަ ބަޔަކާމެދު، އާންމު އިޖުތިމާއި މިންގަނޑާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގަނޫނުގެ ދަށުން ފިޔަވަޅު އެޅޭނެކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މަގުމަތީގައި ނުވަތަ އެހެންތަނެއްގައި އުޅޭއިރުވެސް ތިމާ އަދި ތިމާގެ އާއިލާގެ މީހަކަށްވެސް އެހެން މީހެއްގެ ފަރާތުން ގޯނާއެއް ލިބި ނުވަތަ އުނދަގުލެއް ފޯރާކަށް އެއްވެސް މީހަކު ނޭދޭނެއެވެ. އެހެންކަމުން މަގުތަކަތަކީ އެންމެނަށް އަމާން ރައްކާތެރިތަނަކަށް ހެދުމަށް އެންމެންގެ ބައިވެރިވުން ބޭނުންވެއެވެ.
މަގުމަތިން ނުވަތަ އެހެންތާކުންނަމަވެސް ކުރިމަތިވާ މިފަދަ ކަންކަން ސިއްރުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮއްފައެވެ. އަދި މީސް މީޑިއާގައި އާންމުކުރިކަމުގައިވިޔަސް އެކަން ލަސްނުކޮށް ފުލުހުންނާ ހިއްސާކުރުމަށް ވަނީ އިލްތިމާސްކޮއްފައެވެ. އެގޮތުން، ގޯނާ ނުވަތަ ފުރައްސާރަކުރި މީހާ ހުރި ސަރަހައްދު، މީހާގެ ސިފަ، ލައިގެންހުރި އަންނައުނުގެ ކުލަ ފަދަ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްދިނުމަކީ މިފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ މީހަކަށް ފުލުހުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމަކަށް ވާނެކަމަށް ފުލުހުން ބުނެއެވެ. އަދި އެއީ އެ މީހާ ނުވަތަ އެ ބަޔަކު ހޯދައި، މައްސަލަ ތަހުގީގުކުރުމުގައިވެސް ފުލުހުންނަށް ފަސޭހަތަކެއް ވެގެންދާނެކަމެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މައްސަލަ ނުވަަތަ ޝަކުވާ ހުށަހެޅުމަށް ހޮޓްލައިން ނަންބަރު 119، 3322111 ނުވަތަ އޮންލައިން ކްރައިމް ރިޕޯޓިންގ ޕޯޓަލް މެދުވެރިކޮށްވެސް އެކަން ފުލުހުންނާ ހިއްސާކުރެވޭނެއެވެ. ފުލުހުންނަށް ހުށަހެޅޭ މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކުގެ ގޮތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް ބަލަމުންދާނެ މައްސަލަތަކެއް ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
