
އައްޑޫއަށް އައި ސީލްއަށް ފުލުހުން ހިމާޔަތް ދީފި
އައްޑޫއަށް އައި ސީލްއަށް ފުލުހުން ހިމާޔަތް ދީފި
ލިޔުން:
އައްޑޫއަށް އެރި ސީލްއަށް ފުލުހުން ހިމާޔަތް ދީފިއެވެ.
އިއްޔެގެ ވަގުތެއްގައި މި ސީލް ފެނިފައިވަނީ އައްޑޫސިޓީ ހިތަދޫ ކަނބިހާ ސަރަހައްދު ގޮނޑުދޮށުންނެވެ. ސީލް އައިގޮތަށް އޮތީ މޫދާ މާ ދުރުނޫން ހިސާބެއްގައި އެއްގަމުގައި އޮތް އާނު ގަނޑެއްގެ މަތީގައެވެ. އިއްޔައިން ފެށިގެން ސީލް އޮތީ އެތާނގައެވެ. ސީލް ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު އެތަށް ގޮސް އެސޮރަށް ކާންދޭން އުޅޭ މައްޒަރުވެސް ފެނެއެވެ. އަދި ދަނޑިން އެ ސޮރު މޫދަށް ބާލަން އުޅޭ މަންޒަރުވެސް ބައެއް ފޮޓޯތަކުން ފެނެއެވެ.
އީޕީއޭއިން ވަނީ ސީލް އަށް އެއްވެސް ގޯނާއެއް ނުކޮށް އެ ސޮރު އެގޮތުގައި ބޭއްވުމަށް އިލްތިސާމްކޮއްފައެވެ. އަދި ދެތިން ދުވަހު އުޅުމަށްފަހު އޭގެ އަސްލު މާހައުލަށް ދާނެ ކަމަށް އީޕީއޭއިން ބުނެއެވެ.
"ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ހިފަންއުޅެ، މިފަދަ ދިރުންތަކަށް އުނދަގޫކޮށް، ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް މި އެޖެންސީއިން އިލްތިމާސް ކުރަމެވެ. އަދި މިބާވަތުގެ ސީލް އަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއްނޫންކަން ފާހަގަކުރަމެވެ." އީޕީއޭއިން ބުންޏެވެ.
ސީލްއަށް ބައެއް ފަރާތްތަކުން ގޯނާ ކުރަމުންދާތީ ފުލުހުން މިހާރު ގެންދަނީ ޓޭޕް ދަމައިގެން އެސޮރަށް ހިޔާޔަތް ދެމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
