- "ކެޓަލިޓިކް ސީޑް ފަންޑިން" މެދުވެރިކޮށް އިންވެސްޓްމަންޓް އިތުރުކުރުމުގެ ފުރުސަތު ފަހިކުރުން
- މޫސުމަށް އަންނަ ބަދަލުތަކަށް ނާޒުކު ސަރަހައްދުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް އެޑަޕްޓޭޝަން ޕްރޮޖެކްޓުތައް ހިންގުން
- މޫސުމީ ހިރާސްތަކާ ބެހޭ މައުލޫމާތު ފުޅާދާއިރާއެއްގައި ފެތުރުމާއި ފޯރުކޮށްދިނުން.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ފަތުރުވެރިކަމުގެ އީޖާދީ ހިޔާލުތަކަށް އެމެރިކާ ސަރުކާރުގެ ހިލޭ އެހީ އަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ފަތުރުވެރިކަމުގެ އީޖާދީ ހިޔާލުތަކަށް އެމެރިކާ ސަރުކާރުގެ ހިލޭ އެހީ އަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ލިޔުން:
މޫސުމަށްއަންނަ ބަދަލުތަކާ ގުޅިގެން ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުންތަކުން އަރައިގަތުމަށް އެދާއިރާއަށް އަމާޒުކޮށް އުފެއްދުންތެރި އިޖާދީ، ޚިޔާލު ހުށަހަޅައިގެން ހިލޭ އެހީ ހޯދުމުގެ ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޔޫ.އެސް.އެއިޑްއިން ކުރިއަށް ގެންދާ ކްލައިމެޓް އެޑަޕްޓޭޝަން ޕްރޮޖެކްޓުގެ ދަށުންނެވެ. މި ޕްރޮޖެކްޓަށް ކޮންސެޕްޓް ޕޭޕަރު ހުށަހެޅުމުގެ މުއްދަތު މި އޯގަސްޓު މަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ޔޫއެސް އެއިޑުން ބުނެއެވެ.
މި ފުރުސަތުގައި ކަރުދާސް ހުށައަޅާ ފަރާތްތަކުގެ ތެރެއިން ގިނަވެގެން ފަސް ފަރާތަކަށް، ކޮންމެ ފަރާތަކަށް 50،000 ހާސް އެމެރިކާ ޑޮލަރާއި 200،000 އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދަކަށް ގްރާންޓް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ފުރުޞަތު އަމާޒުކުރެވިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އީޖާދީ އާ ހައްލުތަކެއް ހޯދައިދިނުމަށެވެ. އޭގެ ތެރޭގައި، ޓެކްނޮލޮޖީއާއި ޚިދުމަތް ފޯރުކޮށްދީ ލިބިދިނުމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރެވިދާނެ އާ ގޮތްތައް ވެސް ހިމެނެއެވެ. އަދި މީގެ އިތުރުން މި ދާއިރާއިން އިންސާނީ ވަސީލަތް ބިނާކުރުމުގެ ފުރުސަތުވެސް ހިމެނޭނެއެވެ.
ޔޫއެސް.އެއިޑްއިން ކުރިޔަށް ގެންދާ ކްލައިމެޓް އެޑަޕްޓޭޝަން ޕްރޮޖެކްޓަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންލިބޭ ގެއްލުންތައް ކުޑަކުރުމާއެކު ދެމެހެއްޓެނިވި، ވިޔަފާރީގެ ގޮތުން ފުދުންތެރި އަދި "މާކެޓް-ޑްރިވަން" ހައްލުތަކެއް ހޯދައިދީ ތަރައްގީކޮށް، ފޯރުކޮށްދިނުމަށް ފަސްއަހަރު ދުވަހަށް ހިންގޭ ޕްރޮޖެކްޓެކެވެ.
ހުށަހެޅިދާނެ އީޖާދީ ހައްލުތައް
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
