މާލެ: 31°C

ވަޒީރުންނަށް ރުހުން ހޯދުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި

January 16, 2025
2 ފަހަރު ބަލާފައި
ވަޒީރުންނަށް ރުހުން ހޯދުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި
ވަޒީރުންނަށް ރުހުން ހޯދުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި 4 ވަޒީރުންނަށް ރުހުން ހޯދުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވުނު ޖަލްސާގައި މި މައްސަލަ ދިރާސާކުރުމަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ވަނީ ހައުސިން މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ ބައެއް މަސައްކަތްތައް އެހެން މިނިސްޓްރީތަކުގެ ދަށަށް ބަދަލުކޮށް، އެ މިނިސްޓްރީތަކުގެ ޕޯޓްފޯލިއޯތަކަށް ބަދަލުތަކެއް ގެންނަވާފައެވެ. މި ބަދަލުތަކުގެ ތެރޭގައި: – ހައުސިން މިނިސްޓްރީން ކުރަމުންދިޔަ ޕްލޭނިންގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، ފިނޭންސް މިނިސްޓްރީގެ ނަން ”މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން“ އަށް ބަދަލުކުރުން. – ހައުސިން އާއި އިންފްރާސްޓްރަކްޗާ އެއްކޮށްލުމަށްފަހު އެ މިނިސްޓްރީގެ ނަން ”މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ“ އަށް ބަދަލުކުރުން. މި ބަދަލުތަކާ ގުޅިގެން އައްޔަންކުރެވުނު ވަޒީރުންގެ ތެރޭގައި: – ކުރިން ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރު އަހްމަދު ”މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް“ ގެ މިނިސްޓަރުކަމަށް އައްޔަންކުރެއްވުން. – ކުރިން ހަޔާ އެޑިޔުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑރ. މަރިޔަމް މާރިޔާ ”އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ“ ގެ މިނިސްޓަރުކަމަށް އައްޔަންކުރެއްވުން. މިއީ ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން، އެމަނިކުފާނުގެ ކެބިނެޓަށް ގެންނެވި ދެވަނަ ބަދަލު އެވެ. މީގެކުރިން އެމަނިކުފާނު ވަނީ ފިނޭންސް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަފީޤް މަޤާމުން ވަކިކުރައްވާ، ކެބިނެޓަށް ބަދަލުތަކެއް ގެންނަވާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ