މާލެ: 31°C

ބައިނަލްއަޤްވާމީ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ސްޓޭންޑް ބަދަލެއް ނުވޭ: މިނިސްޓަރ ހަލީލު

January 16, 2025
2 ފަހަރު ބަލާފައި
ބައިނަލްއަޤްވާމީ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ސްޓޭންޑް ބަދަލެއް ނުވޭ: މިނިސްޓަރ ހަލީލު
ބައިނަލްއަޤްވާމީ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ސްޓޭންޑް ބަދަލެއް ނުވޭ: މިނިސްޓަރ ހަލީލު
ބައިނަލްއަޤްވާމީ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ސްޓޭންޑް ބަދަލުވެފައި ނުވާކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، އދ. ގައި ދިވެހިރާއްޖެއިން ދެމުންގެންދާ ވޯޓުތަކުން މިކަން ސާފުކޮށް ދޭހަވާކަމަށެވެ. އަދި ދިވެހިރާއްޖެއިން އަބަދުވެސް ހުރިހާ ޤައުމުތަކެއްގެ މިނިވަންކަމާއި، ސިޔާދަތީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުމާއި، އަދި ސަރަޙައްދީ ސަލާމަތްތެރިކަމާ ގުޅޭ މައްސަލަތަކުގައި ނަގާފައިވާ ސްޓޭންޑަކީ އދ. ގެ ޗާޓަރާ އެއްގޮތްވާ ގޮތުގެމަތިން ނަގާފައިވާ ސްޓޭންޑެއްކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖެއިން ގެންގުޅެނީ ހުރިހާ ޤައުމުތަކަކާއެކު ގާތްގުޅުމާއި އެކުވެރިކަން ދަމަހައްޓައި، އަދި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އިސްކަންދޭ، ދިވެހި ރައްޔިތުންގެ މަޞްލަޙަތު ކުރިއެރުވުމަށް އަމާޒުކުރެވިފައިވާ ހަމަހަމަ ބޭރު ސިޔާސަތެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިނިސްޓަރު ހަލީލް މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގައި ވަކި ކޮޅަކަށް ނުޖެހި ރާއްޖެ އޮތް އޮތުން ނިމުމަކަށް ގެނެސް ޔޫކްރޭނަށް ތާއިދު ކުރަން ނިންމާފައިވާކަމަށް ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގަ އެވެ. ރަޝިޔާއަކީ މިވަގުތު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރަމުންދާ ގައުމުކަން ފާހަގަކޮށްލެވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ