މާލެ: 31°C

ކްރޫޒް ލައިނާތަކަށް ޚާއްސަ ޖެޓީތަކެއް ތަރައްގީކުރަނީ

January 16, 2025
2 ފަހަރު ބަލާފައި
ކްރޫޒް ލައިނާތަކަށް ޚާއްސަ ޖެޓީތަކެއް ތަރައްގީކުރަނީ
ކްރޫޒް ލައިނާތަކަށް ޚާއްސަ ޖެޓީތަކެއް ތަރައްގީކުރަނީ
ރާއްޖޭގެ ތިން ސަރަޙައްދެއްގައި ކުރޫޒް ލައިނާތަކަށް ޚާއްޞަ ޖެޓީތަކެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ. ވަޒީރު ފައިސަލް ވިދާޅުވި ގޮތުގައި، ރާއްޖެއަށް އަންނަ ކުރޫޒް ލައިނާތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވެއެވެ. މި ގޮތުން، އައްޑޫ އަދި ލާމު އަތޮޅު ފަދަ ތިން ސަރަޙައްދެއްގައި ކުރޫޒް ލައިނާތަކަށް ޚާއްޞަ ޖެޓީތަކާއި ބަނދަރުތައް ތަރައްޤީކުރުމަށް ބަލައި ދިރާސާކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
”މި ސަރަޙައްދުތަކުގައި ކުރޫޒް ލައިނާތަކަށް ޚާއްޞަ ޖެޓީތަކާއި ބަނދަރުތައް ހަދައި، ކުރޫޒް ލައިނާތައް އެ ހިސާބުތަކަށް ގެންދިޔުމަކީ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ ކަމެއް،“
މީގެ އިތުރުން، ކުރޫޒް ލައިނާތަކަށް ރާއްޖޭގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް 600 އަށްވުރެ ގިނަ ފަތުރުވެރިން ކުރޫޒް ލައިނާތަކުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން އޭނާ ހާމަކުރެއްވިއެވެ. އެމްޕީއެލްއިން މީގެކުރިން ބުނެފައިވާގޮތުގައ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ކްރޫޒް ލައިނާ ޓާމިނަލް ތަރައްގީ ކުރުމުގެ ޕްލޭންތަކެއް އެ ކުންފުނިން ގެންގުޅެ އެވެ. އެމްޕީއެލްގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް އަނީލް އާދަމް މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވީ ކްރޫޒް ލައިނާގެ ޓާމިނަލްތައް ތަރައްގީ ކުރާނީ ހއ. އުލިގަން، ލ. ފޮނަދޫ، އައްޑޫ ސިޓީ، އަދި މާލެ ސަރަހައްދުގައި ކަމަށެވެ. މި މަޝްރޫއު ކުރިއަށް ގެންދާނީ ޓެކްނިކަލް ތަޖުރިބާކާރުންގެ ލަފާއާއެކު ކަމަށާއި، ގްރީސްގެ ކުންފުންޏަކާއި ގުޅިގެން މިހާރު ފީސިބިލިޓީ ސްޓަޑީޒްތަކެއް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. މާލެ ސަރަހައްދުގެ ޕްލޭންތައް މިހާރު ވެސް ހަމަޖެހިފައިވާކަން ފާހަގަކުރައްވައި އެ މަޝްރޫއު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އަނީލް ފާޅުކުރި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ