މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަކުގެ އަގުތައް އާންމުކޮށްފި

މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަކުގެ އަގުތައް އާންމުކޮށްފި
ލިޔުން:
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އެ ކުންފުނީގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާ ބޯޓުން ޗައިނާ އަށް ކުރާ ދަތުރުތަކަށް ޓިކެޓް ވިއްކަން ފަށައިފި އެވެ.
މި ދަތުރުތަކުގެ އަގުތައް އިއްޔެ މޯލްޑިވިއަން އިން ވަނީ އާންމުކޮށްފަ އެވެ.
މޯލްޑިވިއަން އިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، އެ ބޯޓުގެ ފުރަތަމަ މަންޒިލް ކަމަށްވާ ޗައިނާގެ ޗެންގްޑޫ އަށް ދެކޮޅު ޓިކެޓެއްގެ އަގަކީ 688 ޑޮލަރު (10،610ރ.) އެވެ. މި ސިޓީ އަށް ކުރާ ފުރަތަމަ ދަތުރު އޮންނާނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ޗައިނާގެ ވެރިރަށް ބެއިޖިންގ އަށް ދެކޮޅު ޓިކެޓެއްގެ އަގު 788 ޑޮލަރު (12،151ރ.) އަށް އަރާއިރު، ޝެންހާއީގެ ދެކޮޅު ޓިކެޓުގެ އަގަކީ 777 ޑޮލަރު (11،981ރ.) އެވެ.
މީގެ އިތުރުން، މޯލްޑިވިއަން އިން ހާމަކުރި ގޮތުގައި އެއާބަސް އޭ330 ބޯޓުން ދަތުރުކުރާ ކޮންމެ ޕަސިންޖަރަކަށް 40 ކިލޯގެ ބަގެޖް އުފުލޭނެ އެވެ. އަދި މި އެއާބަސް އިން ޖުމްލަ 260 މީހުން އުފުލޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
މޯލްޑިވިއަންގެ އާ މަތިންދާބޯޓު ރާއްޖެ އަށް ގެނެސްފައިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. މި ބޯޓަކީ މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް ކަމަށްވާތީ، މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި އައު ސަފުހާއެއް ފެށިގެންދާ ވަގުތެއް ކަމަށް ބެލެވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
