ބްރޯޑްކޮމް ގެ މެމްބަރުކަމަށް މުޙައްމާ އަށާއި ސަރާހަތަށް މަޖިލީހުން ރުހުންދީފި

ބްރޯޑްކޮމް ގެ މެމްބަރުކަމަށް މުޙައްމާ އަށާއި ސަރާހަތަށް މަޖިލީހުން ރުހުންދީފި
ލިޔުން:
ހުސްވެފައިވާ މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުކަމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު އަބްދުالله އާއި މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަނުގެ ކުރީގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބްރޯޑްކޮމްގެ މެންބަރުން އައްޔަނު ކުރުމާ ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވާ ނަންތަކަށް ކޮމެޓީން މާކްސް ދީފައިވާ ތަރުތީބުން ވަނީ ވޯޓަށް އަހައިފައެވެ. އެގޮތުން ކޮމެޓީން އެންމެ މަތިން މާކްސް ދީފައިވާ ސަރާހަތު މަގާމަށް އައްޔަންކުރުމަށް ފެންނަކަމަށް 68 މެމްބަރަކު ދެއްވައިގެން ސަރާހަތަށް މަޖިލީހުގެ ރުހުން ލިބިފައިވާއިރު، ކޮމެޓީން 2 ވަނައަށް އެއްމެ މަތިން މާކްސް ދީފައިވާ ތަޖުރިބާކާރު ނޫސްވެރިޔާ ޝިފްޒާ މުސްތަފާ އެ މަގާމަށް އައްޔަނުކުރަން ފާސްވާވަރަށް މަޖިލިސް މެމްބަރުންގެ ތާއިދު ލިބިފައިނުވާތީ، ކޮމެޓީން 3 ވަނައަށް އެއްމެ މަތިން މާކްސް ދީފައިވާ މުހައްމާ އަށް ތާއިދު އޮތްތޯ ބެލުމަށް ނެގި ވޯޓުން މަޖިލީހުގެ 58 މެމްބަރުންގެ ތާއިދު ލިބިގެން މުހައްމާ ވަނީ އެ މަގާމަށް އައްޔަނުކުރަން މަޖިލީހުން ފާސްކޮސްފައެވެ.
ބްރޯޑްކޮމްގެ ހުސްވެފައިވާ މެމްބަރުކަމުގެ 2 މަގާމަށް ކުރިަމތިލުމަށް ހުޅުވާލުމުން 12 ފަރާތަކުން ކުރިމަތިލާފައިވެއެވެ. ނަމަވެސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވާފައިވަނީ 4 ފަރާތެއްގެ ނަމެވެ. ނަމަވެސް އެ 4 ފަރާތުގެ ތެރެއިން ޓީވީ މުއާ އަށް ކޮމެޓީ ގެ ތާއިދު ނުލިބުމުން މަޖިސް ފްލޯރ އަށް މުއާގެ ނަން ކޮމެޓީން ފޮނުވާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
