އަންނަ ހޯމަ ދުވަހު ފެށޭ ޓްރަމްޕްގެ ވެރިކަމުގައި މަހުޖަނުންގެ ނުފޫޒު ސިޔާސީ ކަންކަމުގެ ތެރޭ ނުރައްކާތެރި ދަރަޖައަކަށް ހިނގައިދާނެ ކަމުގެ އިންޒާރު ދެއްވަމުން ބައިޑަންވަނީ ކުރީގެ ރައީސް ޓްރަމްޕް ހޯމަ ދުވަހު އަލުން ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ވެރިކަން ބައްޓަންވެގެންދާނެ ގޮތުގެ "އަނދިރި ތަސައްވުރެއް" ސިފަކޮށްދެއްވާފައެވެ.
މިއަދު އެމެރިކާގައި އަންނަނީ އާދަޔާ ހިލާފް މުއްސަނދިކަމާއި ބާރާއި ނުފޫޒުގެ ސަބަބުން މުޅި ޑިމޮކްރަސީއަށާއި އަސާސީ ހައްގުތަކާއި މިނިވަންކަމަށް ނުރައްކާވާ ފަދަ އޮލިގާކީއެއް އުފެދެމުން" ރައީސް ބައިޑަންގެ ތަގްރީރުގައި ވިދާޅުވިއެވެ.
އިތުރަށް ބައިޑެން ވިދާޅުވީ މަދު މަހުޖަނުންތަކެއްގެ މުށުތެރެއަށް ހުރިހާ ބާރެއް ޖަމާވަމުން ދާ ކަމަށާއި އެ މީހުންނަށް ރަނގަޅަށް ފާރަވެރި ނުވެވި، ޖަވާބުދާރީ ނުކުރެވިއްޖެ ނަމަ ނަތީޖާ ވަރަށް ނުރައްކާވެދާނެ ކަމަށާއި، ސައްހަ ނޫން މައުލޫމާތާއި ދޮގު މައުލޫމާތުގެ ތެރޭ އެމެރިކާ ރައްޔިތުން މި ދަނީ ވަޅުލެވެމުންކަމަށެވެ.
މިނިވަން މީޑިއާ ދަނީ ރޫޅެމުން. އެޑިޓަރުން ދަނީ ގެއްލެމުން. ސޯޝަލް މީޑިއާގައި މައުލޫމާތުގެ ސައްހަކަން ބެލުން ހުއްޓާލަނީ. ބާރާއި މަންފާގެ ބޭނުމަށް ހަދާ ދޮގުގެ ތެރޭގައި ސައްހަ މައުލޫމާތު ވަނީ ފޮރުވިފައި" ރައީސް ބައިޑަންގެ ތަގްރީރުގައި ވިދާޅުވިއެވެ.







