ކަަރަންޓުގެ މައްސަލައަށް ހައްލު ހޯދުމަށް އާދަމް ޝަރީފް ފެނެކަ އެމްޑީއާ ބައްދަލުކުރައްވައިފި

ކަަރަންޓުގެ މައްސަލައަށް ހައްލު ހޯދުމަށް އާދަމް ޝަރީފް ފެނެކަ އެމްޑީއާ ބައްދަލުކުރައްވައިފި
ލިޔުން:
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުޙައްމަދު ނަޖާޙް، ސިޓީތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު ޢުމަރާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އައްޑޫ ސިޓީގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމާއި، ފެނަކައިން ޚިދުމަތް ދޭ ރަށްރަށުގެ މަގުބައްތިތައް ސަލާމަތީ މިންގަނޑަށް ފެއްތުމަށް ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުންނެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވި ގޮތުގައި، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް މިހާރު މަސައްކަތް ކުރެވެމުންދެއެވެ. އަދި ކުރިއަށް އޮތް ރޯދަމަހުގައި ކަރަންޓުގެ ބޭނުން އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، އެކަމަށް ދުރާލާ ތައްޔާރުވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ފެނަކައިން ކަރަންޓުގެ ޚިދުމަތްދޭ ރަށްރަށުގެ މަގުބައްތިތަކުގެ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މެނޭޖިންގ ޑިރެކްޓަރ ވަނީ މިނިސްޓަރަށް މަޢުލޫމާތު ދެއްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
