މާލެ: 31°C

އިހްސާންގެ އިތުބާރު ނެތް ކަމަށް ކަނޑައަޅަން މަޖިލީހަށް ހުށަހަޅަނީ

January 15, 2025
14 ފަހަރު ބަލާފައި
އިހްސާންގެ އިތުބާރު ނެތް ކަމަށް ކަނޑައަޅަން މަޖިލީހަށް ހުށަހަޅަނީ
އިހްސާންގެ އިތުބާރު ނެތް ކަމަށް ކަނޑައަޅަން މަޖިލީހަށް ހުށަހަޅަނީ
ހޯމްލޭންޑު އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ. އެމްޑީޕީން އެގޮތަށް ނިންމީ އެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ. ހޯމް މިނިސްޓަރުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ހުށަހެޅި ނަމަވެސް މަޖިލީހުގެ މެޖޯޜިޓީ ވެރިކަން ކުރާ ޕީއެންސީގެ އޮތުމުން އެ މައްސަލަ ކާމިޔާބުވާނެ ކަމަށް ނުބެލެވެ އެވެ. މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދިއިރު ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ) ހިމެނޭހެން އެމްޑީޕީގެ ބައެއް މެމްބަރުން ޕީއެންސީއަށް ވަގަށް ވައްދި މައްސަލައިގައި އެމްޑީޕީން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުން ނެވެ، އެ މައްސަަލަ ފުލުހުން ވެސް ބަލަމުންދާއިރު ޕީއެންސީން ވަނީ ވަގު ފޯމުތަކެއް ހުށަހެޅިކަން ޔަގީންކޮށްދީފަ އެވެ. އެ މައްސަލައިގައި މިނިސްޓަރާ ސުވާލުކުރަން ވެސް އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅޫ ދެކުނު ދާއިރާގެ މެމްބަރު މީކައިލް ނަސީމް ވަނީ ހުށަހަޅުއްވައިފަ އެވެ. އެމްޑީޕީން ބުނެފައިވާ ގޮތުން ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެ ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާތީ އެ މައްސަލަ އީސީގެ ސަމާލުކަމަށް އެ ޕާޓީން ވަނީ އެކި ފަހަރު މަތިން އޮތީ ގެނެސްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ