މާލެ: 31°C

އެސްޓޯނިއާގެ ޓާރްޓޫ ސިޓީއަށް ރައީސް ވަޑައިގެންފި

January 15, 2025
2 ފަހަރު ބަލާފައި
އެސްޓޯނިއާގެ ޓާރްޓޫ ސިޓީއަށް ރައީސް ވަޑައިގެންފި
އެސްޓޯނިއާގެ ޓާރްޓޫ ސިޓީއަށް ރައީސް ވަޑައިގެންފި
ރައީސް ޑރ މުހައްމަދު މުއިއްޒު އުތުރު ޔޫރަޕް ގައި އޮންނަ އެސްޓޯނިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ޓާރްޓޫ ސިޓީއަށް މިއަދު ވަޑައިގެންފި އެވެ. އެސްޓޯނިއާގެ ވެރިރަށް ޓަލިންއާ ޖެހިގެން ދެވަނަ އަށް އެންމެ ބޮޑު ޓާރްޓޫ ސިޓީއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ އެ ސިޓީގެ މޭޔާ، އަރްމަސް ކްލާސް އެވެ. އަރްމަސް ކްލާސް ވަނީ ރައީސްގެ އަރިހުގައި، ޓައުން ހޯލް ސްކޮޔާއަށް ޒިޔާރަތްކުރައްވައި، އެތަނުގެ ތާރީހީ މުހިންމުކަމާ ބެހޭގޮތުން ވަރަށް އަގުހުރި މައުލޫމާތުތަކެއް ހިއްސާކުރައްވާފަ އެވެ. މި ޒިޔާރަތުގައި ރައީސް ވަނީ މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާފަ އެވެ. ޓާޓޫ ޓައުން ހޯލަކީ ވިޔަފާރީގެ އިތުރުން މީހުން އާބާދުވެފައިވާ މައިގަނޑު ސަރަހަދުވެސްމެ އެވެ. ރައީސްގެ މި ޒިޔާރަތުގައި ޔުނިވާސިޓީ އޮފް ޓާރްޓޫއާއި، އެސްޓޯނިއަން ބަޔޯބޭންކާއި، އެސްޓޯނިއަން ނޭޝަނަލް މިއުޒިއަމް (އީއާރުއެމް) އަށް ޒިޔާރަތްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. ރައީސް އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް، ޑރ އަލާރް ކަރިސްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ