ޓީއެމްއޭ ވިއްކާލަން އަނެއްކާވެސް މަސައްކަތްކުރަނީ

ޓީއެމްއޭ ވިއްކާލަން އަނެއްކާވެސް މަސައްކަތްކުރަނީ
ލިޔުން:
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓްރާންސް މޯލްޑިވްސް އެއަރވޭސް (ޓީއެމްއޭ) ގެ އިންވެސްޓަރުންގެ ގްރޫޕަކުން އެ ކުންފުނީގެ ހިއްސާ ވިއްކާލުމަށް ވިސްނަމުންދާ ކަން ހާމަވެއްޖެ އެވެ.
ޓީއެމްއޭ ވިއްކާލުމަށް 2022 ވަނަ އަހަރުވެސް މަސައްކަތްތަކެއް ކުރިކަމަށް ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވެ އެވެ.
ބްލޫމްބާގުން ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކާލައިލް ގްރޫޕާއި، އެ ގުރޫޕާއި ގުޅިފައިވާ ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖްމަންޓާއި، ޑޭވިޑްސަން ކެމްޕްނަރ ކެޕިޓަލް މެނޭޖްމަންޓުން ޓީއެމްއޭ ވިއްކާލުމާ ގުޅޭގޮތުން ލަފާދޭ ފަރާތްތަކާ މަޝްވަރާކޮށްފައިވެ އެވެ. އަދި ކުންފުނީގެ އަގު 500 މިލިއަން އެމެރިކާ ޑޮލަރާއި 700 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭކަމަށް ބްލޫމްބާގް އިން ރިޕޯޓުކޮށްފައިވެ އެވެ.
ދައުރ އޮންލައިނުން ވެސް ވަނީ އިތުބާ ހުރި މަސްދަރުތަކާއި ހަވާލާދީ ޓީއެމްއޭ ވިއްކާލުމުގެ މަސައްކަތްތައް ކުރިއަށްދާކަން ރިޕޯޓްކޮށްފައެވެ. އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓީއެމްއޭ ވިއްކާލުމަށް މަޝްވަރާކުރަނީ 600 މިލިއަން ޑޮލަރުގެ އަގަކަށެވެ.
ވިއްކާލުމުގެ މަސައްކަތް މިހާރު ވަނީ އެންމެ ފުރަތަމަ މަރުހަލާގަ އެވެ. ނަމަވެސް އިންވެސްޓަރުންގެ ގްރޫޕުން ވަކި ގޮތަކަށް ނިންމާފައިނުވާކަމަށްވެއެވެ. 1989 ވަނަ އަހަރު އުފެދުނު މި ކުންފުނި ގަތުމަށް ޞިނާޢަތުގެ ބައިވެރިންނާއި އިންވެސްޓްމަންޓް ފަންޑުތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް މަޢުލޫމާތު ދިން ފަރާތްތަކުން ބުނެފައިވެ އެވެ.
ޓްރާންސް މޯލްޑިވްސް އެއަރވޭސް އަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއާލައިން އެވެ. ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން، ޓީއެމްއޭގައި 58 މަތިންދާ ބޯޓު އޮޮވެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ރާއްޖޭގެ 80 އަށްވުރެ ގިނަ ރިސޯޓަށް ދަތުރުކުރުމުގެ ޚިދުމަތް ދެމުންދެއެވެ. އަދި އަހަރަކު އެއް މިލިއަނަށްވުރެ ގިނަ ފަސިންޖަރުން އުފުލަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
