އުސްގެކޮޅު ތަރައްގީ ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

އުސްގެކޮޅު ތަރައްގީ ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
ލިޔުން:
ސަލްޓަން ޕާކުގައި ހުންނަ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް އާސާރީ ބިނާ ކަމުގައިވާ އުސްގެކޮޅު ތަރައްގީ ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާ ކުރެވުނީ، މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 179 ވަނަ ޖަލްސާގަ އެވެ.
މިއީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިން އުސްގެކޮޅު ”އިންޓަރެކްޓިވް މިއުޒިއަމް“ އެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާތީ، އެކަމަށް އިޖާބަ ދިނުމުގެ ގޮތުން ކުރެވުނު މަޝްވަރާއެއްކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޭޔަރ އާދަމް އާޒިމް ވިދާޅުވީ، ”މާލޭގައި މިވަގުތު ފެންނަން ހުރި އާސާރީ ތަކެއްޗާއި ބިނާތައް ވީހާވެސް ރަނގަޅަށް ބެލެހެއްޓުމާއި، އޭގެން މާލޭގެ ރައްޔިތުންނަށް ނަފާ ލިބޭނެ ގޮތް ހެދުމަކީ ކައުންސިލުން ވެސް އެދޭ ކަމެއް“ ކަމަށެވެ. އަދި މިފަދަ ތަރިކަތައް ބެލެހެއްޓުމަކީ ކައުންސިލްގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއެއް ކަމަށްވާތީ، މިކަމާ ގުޅޭގޮތުން އިތުރަށް ތަރިކައާބެހޭ ވުޒާރާއާއެކު މަޝްވަރާކުރައްވާނެ ކަމަށް މޭޔަރ ވިދާޅުވި އެވެ.
ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް ވިދާޅުވީ، މީގެ ކުރިން ވެސް އުސްގެކޮޅު ތަރައްޤީ ކުރުމަށް މޯލްޑިވްސް މާކެޓިންސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތްތަކެއް ކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް، މިއަދާ ހަމައަށް އައިއިރުވެސް މިކަމުގެ އަމަލީ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ. އަދި މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ ކައުންސިލާއި މިނިސްޓްރީއާ އެކު ވާހަކަ ދެކެވި، މިފަދަ އާސާރީ ބިނާތަކަކީ ޤައުމަށް އާމްދަނީ ލިބޭނެ ވަސީލަތްތަކެއްގެ ގޮތުގައި ތަރައްޤީކުރުމަށް މަތީ ފަންތީގެ ފަރާތްތަކުން މަސައްކަތްކުރުން ކަމަށް ވިދާޅުވި އެވެ.
އުސްގެކޮޅަކީ ދިވެހި ރަސްކަމުގެ 800 އަހަރަށް ވުރެ ގިނަ ދުވަސްވީ ގަނޑުވަރެކެވެ. މި ތާރީޚީ ބިނާގެ ސަލާމަތުން ހުރި ބައި މިހާރުވެސް ސަލްޓަން ޕާކުގައި ފެންނަން ހުރިކަން ފާހަގަކުރެވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
