މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ އެ ނިންމުން ނިންމީ މާލޭގެ މޭޔަރު އާދަމް އާޒިމް އިއްޔެ އެ މިސްކިތައް ޒިޔާރަތް ކުރުމަށް ފަހު ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ ޒަމާނާ އެއްގޮތަށް އެ މިސްކިތް ޒީނަތްތެރިކުުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ތަގުވާ މިސްކިތުގެ ނަމާދު ކުރާބައިގައި އޭސީކޮށް، މިސްކިތުގެ ގޯތިތެރޭގައި ޒަމާނާ އެއްގޮތަށް ގާ އަތުރައި ވުޟޫކުރާބައިގެ ހިޔާކޮށްފައިވާ ސަރަހައްދު ބޮޑުކުރަން މޭޔަރު މިހާރު ނިންމަވާފައިވާ ކަމަށެވެ، އަދި އޭގެެ އިތުރުން އިތުރު ފާހާނާއެއް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އެ މިސްކިތުގައި އޭސީ ހަރުކުރަނީ މަޖިލީހުގރ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) ގެ ދީލަތި އެހީއާއެކު ކަމަށެވެ. އެ މަސައްކަތްތައް ކުރިއަށް އޮތް ރޯދަ މަހަށް ނިންމުމަށް މިހާރު އަމާޒު ހިފާފަައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. ތަގުވާ މިސްކިތަކީ ދިވެހިބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާއިން ހިމާޔާތްކޮށްފައިވާ މިސްކިތެއް ވެސްމެ އެވެ.ތަގުވާ މިސްކިތް ޒަމާނީ ފެންވަރަށް މަރާމާތުކުރަނީ

ތަގުވާ މިސްކިތް ޒަމާނީ ފެންވަރަށް މަރާމާތުކުރަނީ
ލިޔުން:
ހަތް ސަތޭކަ އަހަރަށް ވުރެ ގިނަ ދުވަސްވީ ތަގުވާ މިސްކިތް ޒަމާނާ އެއްގޮތަށް ޒީނަންތެރި ކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
