މާލެ: 31°C

ޓްރާންސްފޯމަރުން ވައްކަންކުރި މުވައްޒަފު ހުއްޓުވި ސްޓެލްކޯގެ މުވައްޒަފަށް މެޑަލްދީފި

January 15, 2025
26 ފަހަރު ބަލާފައި
ޓްރާންސްފޯމަރުން ވައްކަންކުރި މުވައްޒަފު ހުއްޓުވި ސްޓެލްކޯގެ މުވައްޒަފަށް މެޑަލްދީފި
ޓްރާންސްފޯމަރުން ވައްކަންކުރި މުވައްޒަފު ހުއްޓުވި ސްޓެލްކޯގެ މުވައްޒަފަށް މެޑަލްދީފި
ރޭގެ ވަގުތެއްގައި ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު ބަޔަކު ހުއްޓުވުމަށް މަސައްކަތްކަތްކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެއް މުވައްޒަފަކަށް ސްޓެލްކޯގެ "މެޑަލް އޮފް ބްރޭވަރީ" އަރުވައިފިއެވެ. ސްޓެލްކޯގެ ފޭސްބުކް ޕޭޖުގައި ޕޯސްޓްކޮށްފައިވާ ގޮތުގައި އެކަމުގައި ދެން ހަރަކާތްތެރިވި މުވައްޒަފަށް ވަނީ އެކަމުގެ ހަނދާނީ ލިއުމެއް ދީފައެވެ. "އެ މުވައްޒަފުންގެ އަގުވަޒަންކޮށްފައި މިވަނީ ހިރާހާއި ނުރައްކަލުގެ ވަގުތުގައި ދައްކުވައިދިން ހިތްވަރާއި ކެރުންތެރިކަން ފާހަގަކުރުމުގެ ގޮތުން،" ޕޯސްޓްގައި ބުނެފައިވެއެވެ. މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި އަދި މިފަދަ ހާދިސާތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ވަރަށް ޙައްސާސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، ފިޔަވަޅު އަޅަމުން ދާނެކަމުގެ ޔަޤީންކަން އަރުވަން ސްޓެލްކޯގެ ޕޯސްޓުގައި އަރުވާފައިވެއެވެ. ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހާ ހުއްޓުވުމަށް މަސަައްކަތްކުރި މީހާއަށް ރެންޗަކުން ވަގު ވަނީ ހަމަލާދީފައެވެ. އެކަން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ފަހުމީ ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ