ޝަރީފުގެ ޕާސްޕޯޓް އޭސީސީން ހިފަހައްޓައިފި

ޝަރީފުގެ ޕާސްޕޯޓް އޭސީސީން ހިފަހައްޓައިފި
ލިޔުން:
ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ޝަރީފުގެ ޕާސްޕޯޓް ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހިފަހައްޓާފައިވާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މީޑިއާ އޮފިޝަލް ވަނީ މީޑިއާ އަށް ޔަގީންކޮށްދީފަ އެވެ.
އޮފިޝަލް ވިދާޅުވީ ޕާސްޕޯޓް ހިފެހެއްޓީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ޝަރީފުގެ މައްސަލައެއް އޭސީސީން ބަލަމުން އަންނައިރު، މިދިޔަ އެމްޑީޕީގެ ވެރިކަމުގައި އިސް މަގާމުތައް ފުރުއްވި ބޭފުޅުންނާއި ކުންފުނިތަކުގެ ވެރިންގެ މައްސަލަތައް އެކި އިދާރާތަކުން އަންނަނީ ތަހުގީގުކުރަމުންނެވެ. އޭގެ ތެރޭގައި ކޮރަޕްޝަނާ ގުޅުންހުރި ބޮޑެތި ތުހުމަތުތައް ކުރެވޭ މައްސަލަތައް ހިމެނެ އެވެ.
އެގޮތުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ ޕާސްޕޯޓް މިދިޔަ އޮކްޓޫބަރު މަހުގެ ފަހުކޮޅު ވަނީ ހިފަހައްޓާފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
