
ދިވެހިރާއްޖޭގައި އިންވެސްޓްކުރުމުގެ ދައުވަތު އާޒަރުބައިޖާންގެ ވިޔާފާރިވެރިންނަށް
ދިވެހިރާއްޖޭގައި އިންވެސްޓްކުރުމުގެ ދައުވަތު އާޒަރުބައިޖާންގެ ވިޔާފާރިވެރިންނަށް
ލިޔުން:
ދިވެހި ރާއްޖޭގައި އިންވެސްޓް ކުރެވެން ހުރި ފުރުސަތުތައް، އަޒަރުބައިޖާންގެ ވަފުދުގެ ބޭފުޅުންނާއި ހިއްސާކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެކި ދާއިރާތަކުން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ރާއްޖެ ވަޑައިގެން އުޅުއްވާ އާޒަރުބައިޖާންގެ ވަފްދުގެ ބޭފުޅުންނާ ދިވެހި ރާއްޖޭގައި އިންވެސްޓް ކުރެވެން ހުރި ފުރުސަތުތައް، ހިއްސާކުރެއްވާފައިވާކަމަށެވެ. އެގައުމުން ރާއްޖެއަށް ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންގެ ތެރޭގައި އަޒަރުބައިޖާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު މަމަދޯވް އާއި، އަޒަރުބައިޖާން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ އިސް ބޭފުޅުންނާއި، އަޒަރުބައިޖާންގެ އެކްސްޕޯޓް އެންޑް އިންވެސްޓްމަންޓް ޕްރޮމޯޝަން އޭޖެންސީ (އަޒްޕްރޯމޯ)ގެ އިސްވެރިންނާއި އާއި ޕްރައިވެޓް ސެކްޓާގެ މަންދޫބުން ހިމެނިވަޑައިގަންނަވަ އެވެ.
އެ ވަފްދުގެ ބޭފުޅުނަނަށް ފޮރިން މިނިސްޓަރީން ބޭއްވި މި އިންފޮމޭޝަން ފޯރަމްގައި އެކި މިނިސްޓްރީތަކާއި ސަރުކާރު ކުންފުނިތަކުން ވަނީ ރާއްޖޭގައި އިންވެސްޓް ކުރަން ހުރި ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަންތައް ހުށަހަޅާފަ އެވެ. ވަފުދުގެ ބޭފުޅުންނަށް މައުލޫމާތު ދިން ދާއިރާތަކުގެ ތެރޭގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިންނާއި، ތިމާވެށި، ބޯހިޔާވަހިކަމުގެ ދާއިރާ އާއި ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އޭވިއޭޝަން ދާއިރާ ހިމެނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
