ވަގުފޯމް ހުށަހެޅުމަށް ޑީއެންއާރު ޑާޓާބޭސް ބޭނުންކޮށްފައިވާތީ ހޯމްމިނިސްޓަރ މަޖިލީހަށް ހާޒިރުކުރަނީ

ވަގުފޯމް ހުށަހެޅުމަށް ޑީއެންއާރު ޑާޓާބޭސް ބޭނުންކޮށްފައިވާތީ ހޯމްމިނިސްޓަރ މަޖިލީހަށް ހާޒިރުކުރަނީ
ލިޔުން:
ޕްރޮގްރެސިވް ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ވަގުފޯމް ހުށަހެޅުމަށް ޑީއެންއާރު ޑާޓާބޭސް ބޭނުންކޮށްފައިވާތީ ހޯމްމިނިސްޓަރ މަޖިލީހަށް ހާޒިރުކުރަން އެމްޑީޕީ މަޖިލިސްމެމްބަރ މީކާއިލް ނަސީމް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް ނަސީމު ހުށަހެޅި ވަޒީރުންނާ ސުވާލުކުރުމާބެހޭ ނޯޓިސްގައި ބުނެފައިވަނީ ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޑޭޓާބޭސް ބޭނުންކޮށްގެން މީހުންގެ ޝަހުސު އޮޅުވާލައި ޕީއެންސީއަށް މެންބާޝިޕް ފޯމު ފުރާފައިވާކަން ހާމަވެފައިވާ ކަމަށާއި، އެހެންކަމުން މީހުންގެ ޒާތީ މައުލޫމާތު އިތުރަށް ރައްކާތެރިކުރުމަށް އަޅަނީ ކޮން ފިޔަވަޅެއްތޯއާއި ސައްހަ ނޫން ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ ހޯމް މިނިސްޓްރީގެ އިސްވެރިންނާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސުވާލުކުރަން އެދިފަ އެވެ.
އެކި ފަރާތްތަކަށް ނޭނގި އެފަރާތުގެ ނަމުގައި ސައްހަނޫން ފޯމް ހުށަހަޅާފައިވާ މައްސަލާގައި އިލެކްޝަނަށް ހުށަހަޅާފައިވާ ފޯމް އިލެކްޝަންސް އިން ފޯމް ހީދައި އެފޯމް މީސްމީޑިއާގައި ބައެއް ފަރާތްކަުން ހިއްސާކުރުމަށްފަހު ބުނެފައިވަނީ ފޯމުގައި ޖަހާފައިހުރި ފޮޓޯއަކީ މުއްދަތު ހަމަވެފައިވާ ފޯމުގައި ޖަހާފައިވާ ފޮޓޯކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
