އައްޑޫސިޓީ ތަމްސީލުކުރާ މެމްބަރުން ފެނަކައަށް، އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ގޯހުން ގޯހަށް

އައްޑޫސިޓީ ތަމްސީލުކުރާ މެމްބަރުން ފެނަކައަށް، އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ގޯހުން ގޯހަށް
ލިޔުން:
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށް ތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލާގައި އެކަށީގެންވާ ހައްލެއް ހޯދައި ނުދެވޭ މައްސަލާގައި އައްޑޫ ތަމްސީލުކުރާ މެމްބަރުން ފެނަކަ އިގެ އިސްވެރިންނާ ބައްދަލުކޮށްފިއެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލާގައި ފެނައަށް ގޮސްފައިވަނީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގާއި، ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އާއި، ފޭދޫ އުތުުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރުގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާނު، އެވެ. އެ މެމްބަރުންނާ ފެނައިން ބައްދަލުކޮސްފައިވަނީ ފެނަކައިގެ އާ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި ކުންފުނީގެ އިސްވެރިންނެވެ.
އައްޑޫ ސިޓީން ކަރަންޓް ކެނޑޭ މައްސަލާގައި ފެނަކަ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖެންސެޓްތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ސްޕެއާ ޕާޓްސް ލިބި، އެއް ޖެންސެޓުގެ މައްސަލަ މިއަދު ހައްލުވާނެ ކަމަށެވެ. ސްޕެއާ ޕާޓްސް ލިބުނުހާ އަވަހަކަށް، ދެން ހުރި ޖެންސެޓުތައް ހައްލުކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށާއި މި މައްސަލަ ހައްލުވަންދެން ކަރަންޓު ލޯޑް ހިފެހެއްޓުމަށްޓަކައި، ގުޅިފައިވާ ރަށްތަކުގެ އެކި ސަރަހައްދުތަކުން، އެކުލަވާލެވޭ ތާވަލާއި އެއްގޮތަށް، ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
