މާލެ: 31°C

ސިންގަޕޫރަށް ފޮނުވައިގެން ސާވާތައް ރިކަވަރ ކުރެވޭތޯ ބަލަނީ

January 14, 2025
13 ފަހަރު ބަލާފައި
ސިންގަޕޫރަށް ފޮނުވައިގެން ސާވާތައް ރިކަވަރ ކުރެވޭތޯ ބަލަނީ
ސިންގަޕޫރަށް ފޮނުވައިގެން ސާވާތައް ރިކަވަރ ކުރެވޭތޯ ބަލަނީ
ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ސާވާތައް ސިންގަޕޫރަށް ފޮނުވައިގެން ރިކަވަރ ކުރެވޭތޯ ބަލަމުން އަންނަ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ. މުއްތަލިބު އެހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މުއްތަލިބު ވިދާޅުވީ 2022 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް ހުރި ހުރިހާ މައުލޫމާތުތަކެއް ރައްކާކުރެވިފައި އެބަހުރި ކަމަށެވެ. އޭގެ ފަހުން ހުރި މައުލޫމާތު ރައްކާނުކުރެވި ހުރީ އޭރު ދައްކަމުން ދިޔަ ސަބްސްކްރިބްޝަން ފީތަކެއް ދެއްކުން ސަރުކާރުން ހުއްޓާލުމާ ގުޅިގެން ކަމަށެވެ. މިދިޔަ މަހު 12 ވަނަ ދުވަހު ތިން މިނިސްޓްރީ އެނދި, އަލިފާނުގެ ހާދިސާއަށް އިޝާރާތްކުރައްވަމުން މުއްތަލިބު ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ އުމަރު ޒާހިރު ބިލްޑިން އާއި އެހެން ތަންތަނުގައި ބެކްއަޕް ޑޭޓާތަކެއް ހެދުމަށް ސާވާ ސިސްޓަމްތަކެއް ގާއިމުކުރަމުންދަނިކޮށް ކަމަށެވެ. އަދި ހާދިސާ ހިނގިއިރު އެ ޕްރޮޖެކްޓް ނިމުމަކާ ހިސާބަށް ދާން ކައިރިވެފައިވާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މިހާރު އެ ސާވާގެ ޑިސްކްތައް ރިކަވާކޮށްފައި, ސިންގަޕޫރަށް ފޮނުވައިގެން އޭތިން އަޅުގަނޑުމެންނަށް އެއްވެސް މައުލޫމާތެއް ރިކަވާ ކުރެވޭތޯ އެ މަސައްކަތް ކުރަމުން އެބަ ގެންދަން. އެހެންނަމަވެސް ފުދޭވަރަކަށް ބޮޑަށް އަލިފާނުގެ އަސަރުކޮށްފައިވަނީ،"
މުއްތަލިބު ވިދާޅުވީ އެ ސާވާއަށް ލިބުނު ގެއްލުމާ ގުޅިގެން ގޯތި ލިސްޓާއި ފްލެޓް ލިސްޓާއި އޭގެ ފަހުން އިއުލާނުކުރެވިގެންދާ ލިސްޓަށްވެސް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އެއީ ޕޯޓަލްތައް ހުރީ މައިކްރޯސޮފްޓް އެޒޫގައި ގާއިމުކޮށްފައި ކަމުން ކަން މުއްތަލިބު ފާހަގަކުރެއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ