މާލެ: 31°C

ކޮންމެހެން ދޭން ނުޖެހޭ މީހުން އުނިކުރުމަށް ފަހު ފްލެޓް ލިސްޓުގައި ތިބި އެންމެނަށް ފްލެޓް ލިބޭނެ: މިނިސްޓަރު

January 14, 2025
2 ފަހަރު ބަލާފައި
ކޮންމެހެން ދޭން ނުޖެހޭ މީހުން އުނިކުރުމަށް ފަހު ފްލެޓް ލިސްޓުގައި ތިބި އެންމެނަށް ފްލެޓް ލިބޭނެ: މިނިސްޓަރު
ކޮންމެހެން ދޭން ނުޖެހޭ މީހުން އުނިކުރުމަށް ފަހު ފްލެޓް ލިސްޓުގައި ތިބި އެންމެނަށް ފްލެޓް ލިބޭނެ: މިނިސްޓަރު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅާ 4000 ފްލެޓް ލިސްޓުގެ ވެރިފިކޭޝަން ޕްރޮސެސް ކުރުމުގެ މަސައްކަތް ފަށައި، މާލޭގައި ދިރިއުޅޭ މުއްދަތަށް މެދުކެނޑުމެއް އައި ކަމަށް ބަލާނީ މެދުކެނޑުން 1 އަހަރު ދުވަހަށްވުރެ ދިގުނަމަ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ. ފްލެޓް ލިސްޓާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށް ރައީސް އޮފީހުގައި ކުރިއަށްދާ ޕްރެސް ބްރީފިންގައި މުއްތަލިބު ވިދާޅުވީ އޭސީސީން ކުރިއަށް ގެންދިޔަ ފްލެޓު ލިސްޓުގެ ތަހުގީގައި އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ މާލޭގައި މެދުނުކެނޑި ދިރއުޅެމުންދާ މުއްދަތު ބެލުމުގައި އެއް ހަމައެއް ގެންގުޅެފައިނުވާކަން ކަމަށެވެ. ވަކިން ހާއްސަކޮށް މެދުނުކެނޑި މާލޭގައި ދިރިއުޅުން މާނަކޮށްފައި ނުވާތީ، އެކި ގޮތް ގޮތުން އިވެލުއޭޓް ކުރި ފަރާތްތަކުން އަމަލުކޮށްފައިވާކަންވެސް ފާހަގަވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ލިސްޓުގެ ވެރިފިކޭޝަން ކުރިއަށް ގެންދާއިރު އަޅުގަނޑުމެން ބަލާފައިވާނީ މާލޭގައި ދިރިއުޅޭ މުއްދަތަށް މެދުކެނޑުމެއް އައި ކަމަށް ބަލާނީ 1 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކުގެ މެދުކެނޑުމެއް އައުން" އޭނާ ވިދާޅުވި އެވެ.
އެގޮތަށް ނިންމި މައިގަނޑު ސަބަބަކީ އެ މެދުކެނޑުން ބޯހިޔާވަހިކަމުގެ ސްކީމުގައި މާނަކޮށްފައި ނުވާތީ އާއި 2015 އަހަރުގެ ގެދޮރުވެރިކަމުގެ ޕްރޮގްރާމްގައި މެދުކެނޑުމެއް ކަމަށް ބާލަފައިވަނީ އެއް އަހަރު ދުވަހުގެ މެދުކެނޑުމެއް ކަމަށް ވާތީ އެވެ. އަދި އެއީ ކުރިން ކަންކޮށްފައިވާ ގޮތަށް ވަޒީފާއެއް ނެތުމުގެ ސަބަބުން ނުވަތަ އެހެންވެސް ސަަބަބަކާ ހެދި މާލޭގައި އުޅޭ ކަމުގެ ލިޔުން ނެތް މުއްދަތުގެ ސަބަބުން ޝަރުތު ހަމާނުވާ ފަރާތްތައް ލިސްޓުން އުނިވުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ކަމަށްވެސް މުއްތަލިބު ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ