މާލެ: 31°C

17 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

January 14, 2025
2 ފަހަރު ބަލާފައި
17 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
17 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ހީނާމާގެ ޕާކިން ސަރަހައްދަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ރެއިޑް އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 17 ބިދެސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ހީނާމާގެ ޕާކިން ސަރަހައްދަށް އަމާޒުކޮށްގެން ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ކަމަށެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން ބިދޭސީން އިސްވެ ތިބެ ހިންގަމުންދާ ފިހާރައާއި ކެފޭފަދަ ތަންތަން ބަލައި ފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އެގޮތުން ބަލައި ފާސްކުރެވުނު ތަންތަނުގައި ސައްހަ ވިސާއެއްނެތި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ 17 ބިދޭސީއަކު ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ