ޖިހާދުގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައި ކުރިއަށް ގެންދެވޭނެ: ހައިކޯޓް

ޖިހާދުގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައި ކުރިއަށް ގެންދެވޭނެ: ހައިކޯޓް
ލިޔުން:
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރު ކޮށްލީ ގޯހުން ކަމަށް ކަނޑައަޅައި އެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.
ޖިހާދުގެ މައްޗަށް 2020 ވަނަ އަހަރު ދައުވާ އުފުލާފައިވަނީ ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއި ކުރެއްވި މައްސަލައިގަ އެވެ. މި މައްސަލައިގައި ޖިހާދުގެ މައްޗަށް އުފުލާފައިވަނީ، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާ އެވެ.
ޖިހާދަށް ކުރި ދައުވާގައި ކްރިމިނަލް ކޯޓުން، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ގޮތެއް ނިންމާ ބޭރުކޮށްލިއިރު ބުނެފައިވަނީ، މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް ނިންމިތާ 4 އަހަރު ފަހުން އަނެއްކާވެސް މި މައްސަލަ ރިޔާސީ ކޮމިޝަނުން ތަހުގީގު ފެށި ސަބަބެއް ޖިހާދަށް ސާފުކޮށްދޭންޖެހޭނެ ކަމަށާއި އަދި މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުން، ޖިހާދަށް އެ ސަބަބު ސާފުކޮށްދެވިފައިވާކަމާމެދު ސުވާލު އުފެދޭކަމަށެވެ. މި މައްސަލައިގެ ތަހުގީގު އަލުން ފަށާފައިވަނީ ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ ހެކިބަހުގެ މައްޗަށް ރިއާޔަތްކޮށްނަމަވެސް، އަދީބުގެ ވާހަކަތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް މަސައްކަތްކޮށްފައި ނުވާކަމަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ފާހަގަ ކުރެއްވި އެވެ. މި ސަބަބުތަކަށް ބިނާކޮށް ޖިހާދުގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވަނީ، މައްސަލައިގެ ތަހުގީގުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަ ނުވާކަމަށް ބުނެ އެވެ.
ދައުލަތުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލައިގައި މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.
ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ވިދާޅުވެފައިވަނީ މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ތަހުގީގު ރެކޯޑިން ދަށުކޯޓުން އަޑުއަހާ ސާފުކުރިނަމަ މި މައްސަލަ ހުޅުވައި އަލުން ތަހުގީގު ކުރަން ފެށި ޤާނޫނީ ހުއްޖަތް ސާފުކޮށްދެވިފައި ވާކަން އިވުނީސްކަމަށް ދެކޭ ކަމަށެވެ. އަދި މި މައްސަލަ މައުޟޫއީގޮތުން ނުބެލޭނެ ކަމަށް ދަށު ކޯޓުން ނިންމާފައި ވަނީ ހުށަހެޅުނު ހެކިގަރީނާތަކަށް ބަލަންވީ މިންވަރަށް ނުބަލާކަން ސާފުވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
