މާލެ: 31°C

ޓެކްނޮލޮޖީ ގޮތުން އެސްޓޯނިއާއިން ހޯދާފައިވާ ކުރިއެރުންތަކުން މިސާލު ނަގަން ޖެހޭ ކަމަށް ރައީސް ވިދާޅުވެއްޖެ

January 14, 2025
15 ފަހަރު ބަލާފައި
ޓެކްނޮލޮޖީ ގޮތުން އެސްޓޯނިއާއިން ހޯދާފައިވާ ކުރިއެރުންތަކުން މިސާލު ނަގަން ޖެހޭ ކަމަށް ރައީސް ވިދާޅުވެއްޖެ
ޓެކްނޮލޮޖީ ގޮތުން އެސްޓޯނިއާއިން ހޯދާފައިވާ ކުރިއެރުންތަކުން މިސާލު ނަގަން ޖެހޭ ކަމަށް ރައީސް ވިދާޅުވެއްޖެ
އެސްޓޯނިއާއަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ޒަރިއްޔާއިން މުޖުތަމައުތައް ބާރުވެރިކުރުމުގެ ލާމަސީލު މިސާލެއްކަން ފާހަގަކުރައްވައި، އެ ގައުމުގެ ތަޖުރިބާއިން އިބުރަތް ލިބިގަތުމަށް ޝައުގުވެރިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފާޅުކުރައްވައިފި އެވެ. ރައީސް އެކަން ފާހަގަކުރެއްވީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް ދެއްވި ރޭގަނޑުގެ ރަސްމީ ފަރިއްކޮޅުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ. ފަރިއްކޮޅުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ނައިޓްހުޑް ހައުސްއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ އެސްޓޯނިއާގެ ރައީސް ކަރިސް އެވެ. ފަރިއްކޮޅަށް އިންސާފު ކުރެއްވުމަށް ފެއްޓެވުމުގެ ކުރިން ދެ ލީޑަރުން ވެސް ވަނީ ދަތުރުފުޅުގެ މުހިންމުކަމުގެ މައްޗަށާއި މުސްތަގުބަލުގައި ދެ ގައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމުގެ އުންމީދު އާ ކުރައްވާ ކަމުގައި ވިދާޅުވެ، ވާހަކަފުޅު ދައްކަވާފަ އެވެ. ފަރިއްކޮޅުގެ ކުރިން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރާއްޖޭގެ އެންމެ މަތީ ވެރިޔަކު އެސްޓޯނިއާއަށް ކުރައްވާ ތާރީހީ އެންމެ ފުރަތަމަ ދަތުރުފުޅުކަން ފާހަގަކުރައްވާފަ އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މި ދަތުރުފުޅުން ރަމްޒުކޮށްދެނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް  ދެ ގައުމުގެ މެދުގައި އޮތް އެއްގޮތް ވިސްނުމާއި އެކަމަށް ދެ ގައުމުން ދޭ ސަމާލުކަން ކަމުގައި ވިދާޅުވި އެވެ. ރައީސްގެ ވާހަކަފުޅުގައި، ރައީސް ކަރިސްގެ ދުރުވިސްނުންފުޅާއި އިސްނެންގެވުމާ އެކު އެސްޓޯނިއާއިން ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި އިނޮވޭޝަންގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަކީ ތައުރީފު ހައްގު ކާމިޔާބީތަކެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ. އަދި އެމަނިކުފާނު ވަނީ އެސްޓޯނިއާއަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ޒަރިއްޔާއިން މުޖުތަމައުތައް ބާރުވެރިކުރުމުގެ ލާމަސީލު މިސާލެއްކަން ފާހަގަކުރައްވައި، އެ ގައުމުގެ ތަޖުރިބާއިން އިބުރަތް ލިބިގަތުމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ރާއްޖެ އާއި އެސްޓޯނިއާ އާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ އަޒުމު އާކުރައްވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ދެ ގައުމު ވެސް އޮތީ އެކުގައި މަސައްކަތް ކުރުމުގެ އާ ބާބެއްގެ ފެށުމާއި ހަމައިގައި ކަމަށާއި އެ ގުޅުމަކީ އެއް ގައުމު އަނެއް ގައުމަށް އިހުތިރާމުކޮށް، އެއްބައިވަންތަކަމުގެ އަސާސްތަކެއްގެ މައްޗަށް ބިނާވާ، ދެމެހެއްޓެނިވި އުޖާލާ މުސްތަގުބަލަކަށް މަސައްކަތް ކުރުމުގެ ބާބެއް ކަމުގައި ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ