މާލެ: 31°C

40 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ނިންމައި، ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް ފިރުޝާން

January 14, 2025
13 ފަހަރު ބަލާފައި
40 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ނިންމައި، ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް ފިރުޝާން
40 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ނިންމައި، ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް ފިރުޝާން
ދަ ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް، މަޑަވެލި ދާއިރާގެ ކުރީގެ ކުރީގެ މެމްބަރު އަދި އެ ޕާޓީގެ ނައިބު ރައީސް ހުސެއިން ފިރުޝާން އިންތިހާބުކޮށްފި އެވެ. ޑިމޮކްރެޓްސްގެ ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު ހަސަން ލަތީފް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ ވަނީ އެ ޕާޓީން ވަކިވެވަޑައިގެން އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އަލުން ގުޅިވަޑައިގެންފަ އެވެ. ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ، ވަގުތީ ގޮތުން އެ މަސްއޫލިއްޔަތާ ހަވާލުވާން ޖެހެނީ ނައިބު ރައީސުންގެ ތެރެއިން ބޭފުޅެކެވެ. ވަގުތީ ރައީސްގެ މަގާމަށް ވާދަކުރެއްވީ ފިރުޝާންގެ އިތުރުން ނައިބު ރައީސް އަލައިކާ އަދުނާނެވެ. ރޭ ބޭއްވި އެ ޕާޓީގެ ނޭޝަނަލް އެސެމްބްލީ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓުގައި ފިރުޝާނަށް 29 ވޯޓު ލިބުނުއިރު، އަލައިކާއަށް ލިބިފައި ވަނީ 14 ވޯޓެވެ. އެއް ވޯޓު ބާތިލުވި އެވެ. ޑިމޮކްރެޓްސްގެ މަޖިލިހުގައި 130 މެމްބަރުން ތިބޭއިރު، ވޯޓުގައި ބައިވެރިވެފައި ވަނީ 44 މެމްބަރުންނެވެ. ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން މަގާމުތަކަށް ވޯޓު ދެވެނީ ޖަލްސާއަށް ހާޒިރުވެގެނެވެ. އެ ބައްދަލުވުމުގައި 40 ދުވަހުގެ މުއްދަތުގެ ތެރޭގައި އިންތިހާބެއް ބޭއްވުމަށްފަހު ހުސްވެފައިވާ ރައީސް އާއި ނައިބު ރައީސްގެ މަގާމަށް މީހުން އިންތިހާބުކުރަން ވެސް ވަނީ ފާސްކޮށްފަ އެވެ. ހަސަން އެމްޑީޕީ އާ ގުޅިވަޑައިގެންފައިވާއިރު، ޑިމޮކްރެޓްސްގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވެސް ވަނީ އެމްޑީޕީ އާ ގުޅިވަޑައިގެންފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ