އުމްރާގެ އުސޫލާ ޚިލާފުވި 19 ކުންފުންޏަކަށް ފިޔަވަޅު އަޅައިފި

އުމްރާގެ އުސޫލާ ޚިލާފުވި 19 ކުންފުންޏަކަށް ފިޔަވަޅު އަޅައިފި
ލިޔުން:
ރާއްޖެއިން އުމުރާ އަށް މީހުން ގެންދިޔުމުގެ އުސޫލާ ހިލާފުވި 19 ކުންފުންޏެއް ޖޫރިމަނާކުރަން އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
އިސްލާމިކް މިނިސްްޓްރީން ހަދާފައިވާ ވަޓްސް އެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ހިލާފުވެފައިވާތީ އެ ކަންކަމުގެ ކުޑަބޮޑު މިނަށް ބަލައި، 19 ކުންފުންޏެއް 5 ހާސް ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ކުންފުނީގެ ނަންތަކެއް ޝަހީމް ވިދާޅެއް ނުވެ އެވެ.
އަދި އުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީ އިން ދީފައިވާ ރަސްމީ ލައިސަންގެ ދައްކައިގެން އުމްރާއަށް ފުރަން ކަމަށް ހަދައި އެމްއެމްއޭ އިން ޑޮަލަރު ނަގައި، އުމްރާއަށް ނުދިޔަ ކުންފުންޏެއް ފާހަގަ ކުރެވިފައިވާތީވެ އެކަން އިތުރަށް ބަލައި މިނިސްޓްރީއަށް އެކަން ސާބިތުވެއްޖެނަމަ އެކުންފުނި 30 ހާސް ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓައި މައްސަލަ ތަހުގީކުރަން ޕޮލިހަށް ފޮނުވޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އެއީ ޑޮލަރު ދޫކުރާނީ ފުރުމުގެ ޓިކެޓާއި ޑޮކިއުމެންޓްސް ހުށަހެޅުމުންކަމުގައި ވެފައި ފޭކު ޑޮކިއުމެންޓް ހުށަހެޅިކަމަށް ތުހުމަތުކުރެވޭތީއެވެ" ޝަހީމް ވިދާޅުވި އެވެ.
އުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރާން ގެޒެޓް ކޮށްފައިވާ އުސޫލަށް އަމަލު ނުކުރާ ހުރިހައި ކުންފުނިތަކަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ޝަހީމުގެ މެސެޖުގައި ވަނީ ދީފަ އެވެ.
އުމްރާގެ އުސޫލާ ހިލާފުވި ކުންފުނިތަކަކަށް ފިޔަވަޅު އެޅީ، އަލް ހިޖުރަ ޓްރެވެލް އެންޑް ޓުއާސް ލިމިޓެޑުގެ ހަވާލުގައި އުމުރާއަށް ދާންވެގެން މީހުން ދެއްކި ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއް ފެންމަތިވެގެންނެވެ. އެ ކުންފުނީގެ ހުއްދަ ހިފަހައްޓައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވެ އެވެ. ހިޖުރަ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަނުދިނުމާ އުމްރާއަށް ގެންގޮސް ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް މިނިސްޓްރީން ކުރި ހަރަދު އެކުންފިން ހޯދުން ހިމެނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
