މާލެ: 31°C

ސައްހަ ނޫން ފޯމްތަކެއް އިލެކްޝަނަށް ހުށަހެޅިފައިވާ ކަމަށް ޕީއެންސީން އިއުތިރާފުވެއްޖެ

January 14, 2025
13 ފަހަރު ބަލާފައި
ސައްހަ ނޫން ފޯމްތަކެއް އިލެކްޝަނަށް ހުށަހެޅިފައިވާ ކަމަށް ޕީއެންސީން އިއުތިރާފުވެއްޖެ
ސައްހަ ނޫން ފޯމްތަކެއް އިލެކްޝަނަށް ހުށަހެޅިފައިވާ ކަމަށް ޕީއެންސީން އިއުތިރާފުވެއްޖެ
މަދުން ނަމަވެސް ސައްހަ ނޫން ފޯމްތަކެއް ހުށަހެޅިފައިވާ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފި އެވެ. ސައްހަ ނޫން ފޯމުތަކެއް އެ ޕާޓީން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި ކަމަށް ބުނެ މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ. އެކަމާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ޕާޓީގެ އެކްޓިވިސްޓުންނާއި ހެޔޮ އެދޭ ފަރާތްތަކުގެ ބައިވެރިވުމާއެކު ހިންގި "މެންބާޝިޕް ޑްރައިވް" ގައި ޕާޓީއަށް ހުށަހެޅުނު އެތައްހާސް ފޯމެއް އެ ޕާޓީގެ ފަރާތުން އިލެކްޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ފޯމުތަކުގެ ތެރޭގައި މަދުން ނަމަވެސް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާ ކަން އެ ޕާޓީއަށް މިހާރު ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ. ޕީއެންސީން ބުނީ މިހާތަނަށް އެކި ފަރާތްތަކުން ސައްހަ ނޫން ފޯމުތަކެއް އެ ޕާޓީގެ ނަމުގައި އީސީއަށް ހުށަހަޅާފައިވާ ކަމަށް ބަޔާންކޮށް އީސީއަށާއި ފުލުހުންނަށް ޝަކުވާތަކެއް ލޮގް ކޮށްފައިވާ ކަމަށެވެ. އަދި އެކަން އެ ޕާޓީއަށް އަނގާފައިވާ ކަމަށް ބުނެފައިވެ އެވެ. އެ ޕާޓީން ވެސް މިފަދަ ފޯމްތައް ހުށަހެޅިފައިވާ ގޮތް ބަލަމުންދާކަން ފާހަގަކުރަމުން ޕީއެންސީންން ބުނީ އެ މައްސަލާގައި އީސީއަށާއި ފުލުހަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. ސައްހަ ނޫން ފޯމެއް މެދުވެރިކޮށް އެ ޕާޓީއަށް ވެއްދުމުގެ އެއްވެސް މައްސަަލައެއް ކުރިމަތިވެފައިވާނަމަ ޕާޓީގެ ރަސްމީ އީމެއިލްއަށް މެއިލް ކުރުމުން އަވަސް ހައްލެއް ގެނެސްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ކަށަވަރުކަން އެދިފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ