މިކަން ހައްލު ކޮށްދެވޭނީ ސީދާ ރައީސް މުއިއްޒަށް. އައްޑޫ ރައްޔިތުންނަށް ކަރަންޓާއި، ފެނާއި، ނަރުދަމާ މިއީ މުސީބަތަކަށް ހަދައި ކަހާތަން ހިރުވައި ނުލާ ތިބުމަކީ ވެވަޑައިގެންނެވި ވައުދު ހަނދާން ނެތޭނެ ކަމެއް ނޫން،" މޭޔަރ ނިޒާރު އެކްގައި ވިދާޅުވެފައިވެއެވެ.އައްޑޫ ސިޓީން ކަރަންޓް ކެނޑޭ މައްސަލާގައި ފެނަކަ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖެންސެޓްތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ސްޕެއާ ޕާޓްސް ލިބި، އެއް ޖެންސެޓުގެ މައްސަލަ މިއަދު ހައްލުވާނެ ކަމަށެވެ. ސްޕެއާ ޕާޓްސް ލިބުނުހާ އަވަހަކަށް، ދެން ހުރި ޖެންސެޓުތައް ހައްލުކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށާއި މި މައްސަލަ ހައްލުވަންދެން ކަރަންޓު ލޯޑް ހިފެހެއްޓުމަށްޓަކައި، ގުޅިފައިވާ ރަށްތަކުގެ އެކި ސަރަހައްދުތަކުން، އެކުލަވާލެވޭ ތާވަލާއި އެއްގޮތަށް، ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކަރަންޓުގެ މައްސަލަ މުސީބާތަކަށް ވެއްޖެ: މޭޔަރު ނިޒާރު
ކަރަންޓުގެ މައްސަލަ މުސީބާތަކަށް ވެއްޖެ: މޭޔަރު ނިޒާރު
ލިޔުން:
ކަރަންޓާއި ފެނާ ނަރުދަމާގެ މައްސަލަ މުސީބާތަކަށް ހަދައިފި ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީން ކަރަންޓް ކެނޑޭ މައްސަލަ ދިގުލައިގެން ގޮސްފައިވާ މައްސަލާގައި މޭޔަރު ނިޒާރުގެ އެކްސް އެކައުންޓުން ކޮސްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ މައްސަލަ ފެނަކަ ކުންފުންޏަށް ހައްލު ނުކުރެވޭނެ ކަމަށާއި އެއީ ސަލާމަތް ކުރަން ނޭނގި ބަގުރޫޓު ކުރެވިފައިވާ ކުންފުންޏެއް ކަމަށާއި، ކަރަންޓާއި ފެނާ ނަރުދަމާގެ މައްސަލަ މުސީބާތަކަށް ހަދައި ކަހާތަން ހިރުވާވެސް ނުލައި ތިބުމަކީ ވެވަޑައިގެންނެވި ވައުދު ހަނދާން ނެތޭނެ ކަމެއް ނޫންކަމަށާއި، އެކަން ހައްލުކޮށްދެވޭނީ ސީދާ ރައީސް ޑރ.މުއިއްޒުއަށް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
