މާލެ: 31°C

ކޮޅިގަނޑު ދަނީ ރާއްޖެއާ ކައިރިވަމުން، މިރޭ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ

January 13, 2025
14 ފަހަރު ބަލާފައި
ކޮޅިގަނޑު ދަނީ ރާއްޖެއާ ކައިރިވަމުން، މިރޭ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ
ކޮޅިގަނޑު ދަނީ ރާއްޖެއާ ކައިރިވަމުން، މިރޭ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ
ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެއާ ގާތަށް ޖެހި މިރޭގެ ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ އިރުން، ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ރާއްޖޭގެ ހުޅަނގަށް ޖެހި ރާއްޖެއާއި ގާތަށް ޖެހެމުންދާކަމަށެވެ. މިވަގުތު ރާއްޖެ ސަރަޙައްދުގައި ބޯވިލާ ޖަމާވަމުންދާކަމަށާއި މިއަދުގެ ވަގުތުތަކުގައި ރާއްޖެއަށް ކެރީގެ އަސަރު ކުރާނެ ކަމަށައި ދަންވަރާއި އަދި ފަތިހު ބޯކޮށް ވާރޭ ވެހޭނެކަމަށް އެއިދާރާއިން ލަފާކުރައްވައެވެ. މެޓު އޮފީހުން އިތުރަށް ވިދާޅުވެފައިވަނީ، ރާއްޖެއަށް މިއަދު ވައި އެވްރެޖްކޮށް ހުރިނަމަވެސް މިކޮޅިގަނޑު ރާއްޖެއާއި ގާތްވަމުންދާ ވަރަކަށް ވައި ބާރުވަމުންދާނެކަމަށެވެ. މިގޮތުން ރާއްޖެ ސަރަޙައްދުގެ ވައި ބާރުވާން ފަށާނެކަމަށް ބެލެވެނީ އަންނަ ބުދަ ދުވަހުން ފެށިގެންކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އަދި ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެކަމަށާއި މޫސުމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކުރައްވައެވެ. އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް އުދައިގެ އަސަރުކުރާނެކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ. އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު އަދި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ހަފްތާ ބަންދުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވެ ބޮޑުބަޔަކަށްދަނީ ވިއްސާރަކުރަމުންނެވެ. އާދިއްތަ ދުވަހު މޫސުން ރަނގަޅުވި ނަމަވެސް މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާއި ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް މެޓު އޮފީހުންވަނީ ލަފާކުރައްވާފައެވެ. މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަމާ ބެހޭ އިދާރާތަކާއި އާއްމުން ގުޅިގެން ދަނީ ރައްކާތެރިވުމަށްޓަކައި ދުރާލާ ވެލިބަސްތާ ޖެހުން ފަދަ ކަންކަން ކުރަމުންނެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުގައިވެސް ކައުންސިލްތާއި ގުޅިގެން ގެއަށް ފެން ވަދެ އަދި އުދައިގެ އަސަރުކޮށްގެން ލިބިދާނެ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމަށް ކަމާބެހޭ ފަރާތްތަކުންދަނީ އިލްތިމާސްކުރައްވަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ