މާލެ: 31°C

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލަކަށް މުއާޒް ހަލީމް

January 13, 2025
17 ފަހަރު ބަލާފައި
ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލަކަށް މުއާޒް ހަލީމް
ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލަކަށް މުއާޒް ހަލީމް

ވެރިކަން ހިންގާ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޒީނާޒު އަދުނާންގެ މަގާމުގެ މުއްދަތު ހަމަވުމުން އިތުރު ފުރުސަތެއް ނުދެއްވައި, ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒު ހަލީމު އެ މަގާމަށް މިއަދު އައްޔަނު ކުރައްވައިފި އެވެ.

މި ސަރުކާރުގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުން ޒީނާޒު ޕީއެންސީގެ އެސްޖީއަކަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުއެވެ.

ޒީނާޒްގެ ދައުރު ހަމަވެފައި ވަނީ މިދިޔަ ޑިސެމްބަރު 31، ގެ ނިޔަލަށެވެ. އެ މުއްދަތު ހަމަވުމުން އިތުރު ފުރުސަތެއް ޒީނާޒަށް ނުދޭން ޕާޓީގެ ލީޑާޝިޕުން ނިންމީ ކަމަށް ޕީއެންސީގެ ބައެއް މަސްދަރުތަކުން ބުނެއެވެ.

އޭގެ ފަހުން މިއަދާ ހަމައަށް އެ މަގާމު ހުސްކޮށް އޮތުމަށް ފަހު މިއަދު ވަނީ އެ މަގާމަށް މުއާޒު އައްޔަނުކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ