މާލެ: 31°C

ޓާސްކް ފޯސްއެއް އެކުލަވާލައިފި

January 13, 2025
16 ފަހަރު ބަލާފައި
ޓާސްކް ފޯސްއެއް އެކުލަވާލައިފި
ޓާސްކް ފޯސްއެއް އެކުލަވާލައިފި

ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުން ގޯސްވުމުން ލިބޭ ގެއްލުންތަކުން ރައްޔިތުން ރައްކާތެރިކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލައްވައިފިއެވެ. މިޓާސްކްފޯސްގައި ހިމެނެނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއެވެ. ރާއްޖެއާ ކައިރި ހިސާބެއްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، އުދަ އަރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ޚާއްސަ ޓާސްކް ފޯސްއެއް އެކުލަވާލައްވާފައެވެ.

މިޓާސްކް ފޯސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ މި ޓާސްކް ފޯހުގެ ޖޮއިންޓް އޮޕަރޭޝަން މަރުކަޒު ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައި ޤާއިމްކުރައްވާފައިވާކަމަށެވެ. ހިލްމީ ވިދާޅުވީ މޫސުން ގޯސްވުމާ ގުޅިގެން ރައްޔިތުންނަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިކުރުމަށްޓަކައި އެހީ ފޯރުކޮށްދިނުމަށް ސިފައިން ތިބީ ތައްޔާރަށް ކަމަށެވެ. އެގޮތުން މާލޭގައި ވެލި ބަސްތާ ޖެހުމާއި، ޕަންޕް ސްޓޭޝަންތައް ބޭނުންކުރުމަށް ސިފައިން ތިބީ ތައްޔާރަށްކަމަށް ހިލްމީ ވިދާޅުވިއެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ސިފައިން ތައްޔާރައް ތިބިކަން ހިލްމީ ފާހަގަކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ