ވިއްސާރައިގައި ފެންބޮޑުވާ 72 ރަށަކަށް ޕަމްޕު ފޮނުވައިފި

ވިއްސާރައިގައި ފެންބޮޑުވާ 72 ރަށަކަށް ޕަމްޕު ފޮނުވައިފި
ލިޔުން:
ވިއްސާރާގައި އާއްމުކޮށް ފެންބޮޑުވާ 72 ރަށަކަށް ފެން ހިއްކާ ޕަންޕު ފޯރުކޮށްދީފައިވާނެ ކަމަށް ނޭޝަނަލް ޑިޒާސްޓަ މޭނެޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެންޑީއެމްއޭ އިން މިހެން ބުނެފައި ވަނީ، މިއަދު ބޭއްވި ޕްރެސް ބްރީފިންގައި އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން އެވެ.
ހިސާން ވިދާޅުވީ، ފެންބޮޑުވުމުގެ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން އާއްމު ގޮތެއްގައި ފެންބޮޑުވާ ރަށްރަށަށް އެ އޮތޯރިޓީން ވަސީލަތްތައް ފޯރުކޮށްދީފައިވާ ކަމަށެވެ.
”ފިކްސްޑް ބޭސް“ ފެންހިންގާ ނިޒާމުތައްވެސް ރަށްރަށުގައި ގާއިމުކުރެވިފައިވާނެ ކަމަށްވެސް ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ، ފެންބޮޑުވާ ހާލަތްތަކުގައި އަބަދުވެސް އަތޮޅު ތެރޭގައި އެންމެ ފުރަތަމަވެސް ފޯރުކޮށްދެނީ ރަށްރަށުގައި ގާއިމްކޮށްފައިވާ ކޮމިއުނިޓީ އިމަޖެންސީ ޓީމުތަކުން ކަމަށެވެ.
މޫސުން ގޯސްވެދާނެތީ ދުރާލާ އެކަމަށް ތައްޔާރުވުމަށް އެންޑީއެމްއޭއިން ވަނީ އިރުޝާދުތަކެއް ދީފަ އެވެ. ގެއަށް ފެން ނުވަންނާނެހެން ކުރިޔާލާ ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުމާއި، ފެންބޮޑުވާ ފަދަ ތަންތަނުގައި ސައިކަލު ފަދަ ތަކެތި ޕާކު ނުކުރަން އިރުޝާދު ދީފައިވެ އެވެ.
މީގެ އިތުރުން ފިހާރަ، ގުދަން، ރެސްޓޯރަންޓު އަދިވެސް އަގު ބޮޑެތި މުދާ ރައްކާކުރެވިފައިވާ ތަންތަނަށާއި މުދަލަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިރުޝާދު ދީފައިވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
