މާލެ: 31°C

ރ. މީދޫ އާއި އަލިފުށީގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި ބައެއް ގެތައް ބަލާ ފާސްކޮށްފި

January 13, 2025
25 ފަހަރު ބަލާފައި
ރ. މީދޫ އާއި އަލިފުށީގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި ބައެއް ގެތައް ބަލާ ފާސްކޮށްފި
ރ. މީދޫ އާއި އަލިފުށީގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި ބައެއް ގެތައް ބަލާ ފާސްކޮށްފި
ރ. މީދޫ އާއި އަލިފުށީގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގައި 12 ގެއެއް ބަލައި ފާސްކޮށްފި އެވެ.
އިއްޔެ ހެނދުނު ފުލުހުން ފެށި އެ އޮޕަރޭޝަންގެ މައުލޫމާތުގެ ފަހުގެ ތަފްސީލު ހިއްސާކުރަމުން ފުލުހުން ބުނީ، ބަލައިފާސްކޮށްފައި ވަނީ މީދޫގެ 7 ގެއަކާއި އަލިފުށީގެ 5 ގެއެއް ކަމަށެވެ. އެ ގެތަކުން ފުލުހުންގެ ބެލުމުގެ ދަށަށް އެއްވެސް އެއްޗެއް ގެންދިޔަކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ. އަދި މި ކަމާއި ގުޅިގެއް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްވެސް ނުވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މީގެ ދުވަސްކޮޅެއް ކުރިން ސިހުރުގެ މައްސަލަތަކެއް ރަށުގައި ފެންމަތިވި ކަމަށެވެ. އެއީ އެ ރަށުގެ ދެމަފިރިއަކު ދުރުކުރަން ސިހުރު ހެދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. މީދޫ އާއި އަލިފުށީގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި ފުލުހުން ގެތަކެއް ބަލައިފާސްކޮށްފައިވާއިރު، މިދިޔަ އަހަރު ފަހުކޮޅު ކެލާގައި ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައިވެ އެވެ. އެ މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުވެސް ވަނީ ކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ