ރައީސް ޑރ. މުއިއްޒު ފެނިގެން މިދަނީ ދިވެހި ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމެއްގައި ހެޔޮ ވެރިކަމެއް ކުރައްވަމުން، ވެރިކަން ކުރާ ޕާޓީ އެންމެ ވަރުގަދަ ކުރެއްވި ބޭފުޅާގެ ގޮތުގައި.އެމްޑީޕީގެ ސިޔާސަތުތައް މަގުން ކައްސާލުމާއި، ޕީއެންސީގެ ވެރިކަން ރައްޔިތުން އެންމެ އެދޭ ގޮތަށް ދާތަން ފެނިގެން އަހުމަދު ރަޝީދު ނިންމި ނިންމުމަށް ޝިޔާމް ވަނީ މަރުހަބާ ދަންނަވާފަ އެވެ. އަދި ކުރިއަށް އޮތްތާ އެކި ފިކުރުގެ އެހެން ބޭފުޅުންވެސް ރައީސް މުއިއްޒާއެކު ކުރިއަށް ވަޑައިގަންނަވާނެކަމަށް އުންމީދު ކުރައްވާކަމަށާއި އެކަމަށް ދައުވަތު ދެއްވާކަމަށް ޝިޔާމް ވިދާޅުވި އެވެ. އަހުމަދު ރަޝީދު ކޮންގްރެސް ޕާޓީއާ ގުޅުމުން ރައީސް މުއިއްޒު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާ އޭނާއަށް ތަހުނިޔާ އަރިސް ކުރައްވާފަ އެވެ. އަދި ރައީސް ވަނީ ކޮންގްރެސް ޕާޓީއަށް އޭނާއަށް މަރުހަބާ ވިދާޅުވެފަ އެވެ.
އެމްޑީޕީ އޮތީ މަގުން ކައްސާލާފައި ކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވެއްޖެ

އެމްޑީޕީ އޮތީ މަގުން ކައްސާލާފައި ކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވެއްޖެ
ލިޔުން:
ކޮންގްރެސް ޕާޓީގެ ވެރިކަން ދަނީ ރައްޔިތުން އެދޭ ގޮތަށް ކަމަށާއި އިދިކޮޅު އެމްޑީޕީގެ ސިޔާސަތުތައް މަގުން ކައްސާލާފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓެއްކަމަށްވާ އަހުމަދު ރަޝީދު (ދޮންކޮޅު) ކޮންގްރެސް ޕާޓީއާ ގުޅުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ޝިޔާމްގެ ޕޯސްޓުގައި ވަނީ އަހުމަދު ރަޝީދަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އަހުމަދު ރަޝީދަކީ އެމްޑީޕީއަށް ވަރަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްދެއްވި ވަރުގަދަ އެކްޓިވިސްޓެއްގެ ގޮތުގައި ޝިޔާމް ވަނީ ސިފަ ކުރައްވާފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
