މާލެ: 31°C

ޝާހިދު ގޮވާލެއްވީ ޑީއެންއާރްގެ މައްސަލަ ތަހުގީގު ކުރުމަށް

January 13, 2025
30 ފަހަރު ބަލާފައި
ޝާހިދު ގޮވާލެއްވީ ޑީއެންއާރްގެ މައްސަލަ ތަހުގީގު ކުރުމަށް
ޝާހިދު ގޮވާލެއްވީ ޑީއެންއާރްގެ މައްސަލަ ތަހުގީގު ކުރުމަށް
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ބޭނުން ނަހަމައިން ކުރަމުން އަންނަ ކަމަށް ތުހުމަތުކޮށް، ޖިނާއީ ތަހުގީގެއް ހިންގުމަށް އިދިކޮޅު މައި ޕާޓީ. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ގިނަ ކަންތައްތަކެއް ނަހަމައިން ކުރަމުން އަންނަ ކަމަށް ވިދާޅުވެ، ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރައްވާފަ އެވެ.
އެގޮތުން ފާހަގަކުރެއްވި އެއް ކަމަކީ ފްލެޓް ލިސްޓުގެ މައްސަލަ އެވެ. ފްލެޓް ލިސްޓުން ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާ ވިދާޅުވީ ފްލެޓް ދޭން ޖެހިދާނެތީ ހައުސިން މިނިސްޓްރީ އުވާލާފައިވާ ކަމަށެވެ. އެންސްޕާއިން ފައިސާ ލިބެނީ އެންމެ ނިކަމެތި ހާލަތުގައި ތިބޭ މީހުންނަށް ކަމަށްވާއިރު، އެކަމަށް ކަނޑައެޅިފައިވާ ބަޖެޓުން 35 މިލިއަން ރުފިޔާ ބަދަލުކޮށް، އެމްއެމްޓީވީގެ ނަމުގައި ޓީވީ ސްޓޭޝަނެއް ހަދާފައިވާ ކަމަށެވެ. އެ މައްސަލަ ބަލައި ތަހުގީގު ކުރާނެ ކަމަށް ބުނެފައި ވިނަމަވެސް އެކަން ނުކުރާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެމްޑީޕީގެ ރައީސް ވިދާޅުވި ގޮތުގައި ޑީއެންއާރަށް ތުހުމަތުކޮށް ދައްކަމުން އަންނަ ވާހަކަތަކަކީ ކިތަންމެ ލުއިކޮށް ދައްކަމުން އައި ނަމަވެސް އެކަމަކާ މެދު ކަންބޮޑުވާން ޖެހޭވަރުގެ ބޮޑު މައްސަލައެއް ކަމުގަ އެވެ. އެ ޔުނިޓަކީ ރައްޔިތުންގެ ހުރިހާ މައުލޫމާތުތަކެއް ދައުލަތެއްގެ ގޮތުގައި އެ ތަނެއްގައި ރައްކާކުރެވިފައިވާ ތަން ކަމުގައި ފާހަގަކުރެއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ