މާލެ: 31°C

ޗާޓާޑް ޝެޑިއުލްޑް ކާގޯ ހިދުމަތް ފަށައިފި

January 13, 2025
21 ފަހަރު ބަލާފައި
ޗާޓާޑް ޝެޑިއުލްޑް ކާގޯ ހިދުމަތް ފަށައިފި
ޗާޓާޑް ޝެޑިއުލްޑް ކާގޯ ހިދުމަތް ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެފްކޮމް ކާގޯ އާ ގުޅިގެން ޗާޓާޑް ޝެޑިއުލްޑް ކާގޯ ހިދުމަތް ފަށައިފިއެވެ.

އެފްކޮމް ކާގޯގެ ފުރަތަމަ ފްލައިޓު ރާއްޖެ އައީ އިންޑިޔާގެ ޗެންނާއީ އިންނެވެ. އެ ފްލައިޓުން 20 ޓަނުގެ ކާގޯ އެތެރެ ކޮށްފައިވެއެވެ. އަދި މި ކާގޯ އެކްސްޕޯޓް ކޮށްފައި ވަނީ އިއްތިހާދު އެއާވޭސްގެ ފްލައިޓަކުންނެވެ.

އެފްކޮމް ކާގޯއިން ހަފްތާއަކު ތިން ފްލައިޓު އޮޕަރޭޓްކުރުމަށް ހަމަޖެހިފައިވާއިރު, އެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއޭސީއެލުން މިއަދު ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ކާގޯ މޫވްމަންޓު ހަރުދަނާ ކުރުމަށް ޓަކައި ބޮޑެތި އެއާލައިންތަކާއެކު އިންޓަލައިން އެއްބަސްވުންތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ