މާލެ: 31°C

މިދިޔަ އަހަރު 15،000 އުޅަނދު ޓޯކުރި: ޕޮލިސް

January 13, 2025
24 ފަހަރު ބަލާފައި
މިދިޔަ އަހަރު 15،000 އުޅަނދު ޓޯކުރި: ޕޮލިސް
މިދިޔަ އަހަރު 15،000 އުޅަނދު ޓޯކުރި: ޕޮލިސް

ނިމިދިޔަ 2024ވަނަ އަހަރު 15,514 އުޅަނދެއް ޓޯ ކުރެވުނުކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން ބުނީ އޭގެ ތެރޭގައި 11،645 މޮޓޯސައިކަލް، 2،567 ކާރު، 478 ޕިކަޕް، 369 ވޭން އަދި 87 ޓްރަކް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެެ. ޓޯ ކުރެވުނު އުޅަނދުތަކުގެ ތެރެއިން 546 އުޅަނދު ނައްތާލެވުނު އިރު، 13،562 އުޅަނދު ވެރިފަރާތާ ހަވާލު ކުރެވުނު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިއަދު ބުނީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް މަގުމައްޗަކީ އެންމެނަށް އަމާން ތަނަކަށް ހެދުމަށް ކުރެވުނު މަސައްކަތުން ފާއިތުވި އަހަރު ޖުމްލަ 73،953 އުޅަނދު ޗެކްކޮށް، 7،606 އުޅަނދަކާމެދު ފިޔަވަޅު އަޅައިފައިވާ ކަމަށެވެ.

  1. 66،347 މީހަކަށް ނަސޭހަތް ދެވުނު
  2. 7،606 މީހަކަށް ވަނީ ވަޔަލޭޝަން ސްލިޕް ދޫކުރި
  3. ލައިސަންސް ނެތި ދުއްވި 2،138 މީހަކު ފާހަގަކުރެވުނު ( ދެފުރޮޅުލީ 2،005 އުޅަނދާއި ހަތަރު ފުރޮޅުލީ 133 އުޅަނދު)
  4. ނުރައްކާތެރިކޮށް ދުއްވުމުގެ 293 މައްސަލަ ވަނީ ފާހަގަކުރެވުނު (ދެފުރޮޅުލީ 271 އުޅަނދާއި ހަތަރު ފުރޮޅުލީ 22 އުޅަނދު )

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ