މާލެ: 31°C

މޫސުމް ގޯސްވާނެތީ ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

January 13, 2025
101 ފަހަރު ބަލާފައި
މޫސުމް ގޯސްވާނެތީ ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
މޫސުމް ގޯސްވާނެތީ ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
މާދަމާއިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ދިމާވެދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ. މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރެއްވުމަށް އިލްތިމާސްކޮށް، ގޯތިގެދޮރާއި މުދަލަށް ލިބިދާނޭ ގެއްލުންތައް ކުޑަކުރުމަށް ސަމާލުވާންވީ ކަންކަން އެންޑީއެމްއޭގެ އިރުޝާދުގައި ހިމަނާފައިވެ އެވެ.
  1. ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެހެން ކުރިޔާލާ ގޭގެ ދޮރުމަތީގައި ވެލިބަސްތާ ޖެހުން
  2. ފެންބޮޑުވާ ސަރަހައްދު ތަކުގައި ސައިކަލު ފަދަ ތަކެތި ޕާކު ނުކުރުން
  3. ފިހާރަ، ރެސްޓޯރަންޓު އަދި ގުދަން ފަދަ އަގުބޮޑެތި މުދާ ރައްކާކޮށްފައިވާ ތަންތަނަށާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ފިޔަވަޅުތައް އެޅުން
  4. ފެންބޮޑުވެ ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާޑުގެ ބާވަތްތަކާއި ހިފާ ގެންގުޅޭ ތަކެތި (ދޮންނަ މެޝިން ފަދަ ތަކެތި) ފެން ނުޖެހޭ އުސް ތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުކުރާ ތަނަަކަށް ބަދަލުކުރުން
  5. ވައި ގަދަވާނެ ކަމަށް ސަމާލުވެ ފިޔަވަޅުތައް އެޅުން. ޚާއްސަކޮށް ވައި ގަދަވެ، އެއްލާ ލާނެ ފަދަ ތަކެތި ރައްކާތެރިކުރުން
  6. މާލޭގައި ފެންބޮޑުވެފައިވާ ހާލަތެއްގައި ބަރު އުޅަނދު ނުދުއްވުން
މީގެއިތުރުން، ކަރަންޓު ސާމާނު ބޭނުންނުކުރާނަމަ ނިއްވާލާފައި ބެހެއްޓުމަށާއި ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާހެން އިންތިޒާމުތައް ދުރާލާ ހަމަޖައްސަން އެންޑީއެމްއޭއިން އެދިފައިވެ އެވެ. އެންޑީއެމްއޭއިން ވަނީ، ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މެޓުގެ އެންމެ ފަހުގެ މޫސުމާ ބެހޭ މައުލޫމާތު ހޯދުމަށް ބުނެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ