
ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކުރެވޭތީ، ވެލިބަސްތާ ޖަހަންފަށައިފި
ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކުރެވޭތީ، ވެލިބަސްތާ ޖަހަންފަށައިފި
ލިޔުން:
ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެކަމަށް ލަފާކޮށް، އާންމުކޮށް ފެންވަދެ ގެއްލުވާކަމަށް ފާހަގަ ކުރެވޭ 56 ގެއެއްގައި ވެލިބަސްތާ ޖަހައިފިއެވެ.
ރެއިންފެށިގެން ނެޝަނަލް ޑިޒާސްޓްރ މެނޭޖްމަންޓް އޮތޯރިޓީއާއި މާލޭ ސިޓީކައުންސިލް ގުޅިގެން ވެލިބަސްތާ ޖަހަން ފަށާފައި މިވަނީ އަނެއްކާވެސް ރާއްޖޭގެ އިރުން ހުޅަނގު ދެކުނުން ބޭއޮފް ބެންގާލް ގައި ކޮޅިގަނޑެއް އުފެދިފައިވާތީ، އެ ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖެ ސަރަހައްދުގައި ބޯ ވިއްސާރަ ވިލާގަނޑެއް އުފެދުމުގެ ފުރުސަތު ބޮޑު ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވާތީއެވެ.
މެޓް އޮފީހުން ބުނެފައިވަނީ އެ ކޮޅިގަނޑުގެ ސަބަބުން 13 ޖެނުއަރީ އިން ފެށިގެން 18 ޖެނުއަރީ އާއި ދެމެދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަށާއި، މި ވިއްސާރާގައި ރާއްޖޭގެ ބައެއް ރަށް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، އަދި އާއްމު ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ތރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތުވެސް އޮތްކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
