މާލެ: 31°C

ޗާންދަނީމަގު ކުރީގެ ހަބީބުބޭންކު ހުރި ތަނުގައި އިމާރާތެއް އަޅަން ކޮންނަމުންދަނިކޮށް ބޮޑުބަޑިއެއް ފެނިއްޖެ

January 13, 2025
48 ފަހަރު ބަލާފައި
ޗާންދަނީމަގު ކުރީގެ ހަބީބުބޭންކު ހުރި ތަނުގައި އިމާރާތެއް އަޅަން ކޮންނަމުންދަނިކޮށް ބޮޑުބަޑިއެއް ފެނިއްޖެ
ޗާންދަނީމަގު ކުރީގެ ހަބީބުބޭންކު ހުރި ތަނުގައި އިމާރާތެއް އަޅަން ކޮންނަމުންދަނިކޮށް ބޮޑުބަޑިއެއް ފެނިއްޖެ

ޗާންދަނީމަގު ކުރީގެ ހަބީބުބޭންކު ހުރި ތަނުގައި އިމާރާތެއް އަޅަން ކޮންނަމުންދަނިކޮށް ބޮޑުބަޑިއެއް ފެނިއްޖެއެވެ. ނެޝަނަލް ސެންޓަރ ފޯރ ކަލްޗަރ އިން ބުނެފައި ވަނީ މި ބަޑި ފެނިފައިވަނީ މާލޭގެ ޗާންދަނީމަގާއި ދަނބުގޯޅި ގުޅޭ ކަންމަތީގައި، ކުރިން ހަބީބް ބޭންކު ހުރި ބިމުގައި އިމާރާތެއް އަޅަން ކޮންނަމުން ދަނިކޮށްކަމަށާއި، އެ ބަޑި މިހާރު ވަނީ ތަރިކަ ދިރާސާ ކުރާ މަރުކަޒުގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށެވެ.

މާލޭ ޗާންދަނީމަގާއި ދަނބުގޯޅި ގުޅޭ ކަންމަތީގައި ކުރިން ހަބީބް ބޭންކު ހުރި ބިމުގައި އިމާރާތެއް އަޅަން ކޮންނަމުން ދަނިކޮށް ފެނުނު ބޮޑުބަޑި މިހާރު ވަނީ މި މަރުކަޒުގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. ނެޝަނަލް ސެންޓަރ ފޯރ ކަލްޗާއިން ބުނެފައިވެއެވެ.

ފޮޓޯއިން ފެންނަ ގޮތުގައި އެ ބިން ކޮންނަމުން ދަނިކޮށް ފެނިފައިވަނީ މާލޭގެ ރަސްމީ ފާލަމުގެ ދެ އަރިމަތީގައި ކުރިން ބަހައްޓާފައިވާ ބޮޑުބަޑިއާއިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ