މިދިޔަ އަހަރު ޑޮލަރުން ލިބުނު އާމްދަނީ ބިލިއަނަކަށް

މިދިޔަ އަހަރު ޑޮލަރުން ލިބުނު އާމްދަނީ ބިލިއަނަކަށް
ލިޔުން:
ނިމިދިޔަ 2024 ވަނަ އަހަރު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 1 ބިލިއަނަށް އަރައިފި އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ ވަނީ 1،068،483،941 އަށް އަރާފަ އެވެ. މިއީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު 12.5 އިންސައްތައިގެ ކުރިއެރުމެކެވެ. 2023 ވަނަ އަހަރު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ އަކީ 949،741،273 އެވެ.
ދައުލަތަށް 2024 ވަނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 27 ބިލިއަން ރުފިޔާ އެވެ. 2023 އަހަރު ދައުލަތަށް ލިބުނީ 24 ބިލިއަން ރުފިޔާ އެވެ.
ޑޮލަރުން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާ ހިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ވަނީ 619.9 މިލިއަން ޑޮލަރު ލިބިފަ އެވެ. މިއީ 2023 ވަނަ އަހަރު ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު 572.5 މިލިއަން ޑޮލަރަށް ވުރެ 8.2 އިންސައްތަ އިތުރު އަދަދެކެވެ. މި އަދަދު އިތުރުވެފައިވަނީ ރާއްޖެއަށް މިދިޔަ އަހަރު ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމުންކަމަށް ބެލެވެ އެވެ. އެގޮތުން ރާއްޖެއަށް މިދިޔަ އަހަރު ވަނީ 2،046،615 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. 2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރީ 1.8 މިލިއަން ފަތުރުވެރިންނެވެ.
ދައުލަތަށް ޑޮލަރުން ދެން އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޓޫރިސްޓް ބިންތަކުގެ ކުލީގެ ގޮތުގަ އެވެ. އެގޮތުން ޓޫރިސްޓް ބިންތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ވަނީ 123 މިލިއަން ޑޮލަރު ލިބިފަ އެވެ. 2023 ވަނަ އަހަރު މި ކުލީގެ ގޮތުގައި ލިބިފައިވަނީ 115 މިލިއަން ޑޮލަރެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
